ރައީސް ޑރ. މުޢިއްޒު ދައްކަވައިދެއްވީ އިސްލާމީ އުންމަތަށް އޮތް ލޯބި! އެމްޑީޕީގެ ވެރިކަމުގަ ފެނު ދިމާ އިދިކޮޅު ކަމުގެ ހެކި މިހިރީ!

އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ ނާދެވޭ ގޮތަށް މަޖިލީހުން ފާސްކުރުމާއިއެކު އެބިލް ވަޤުތުން ތަޞްދީޤް ކުރައްވައި ރައީސް ޑރ. މުޙައްމަދު ދައްކަވައިދެއްވީ މިއަދުގެ ސަރުކާރުގައި އިސްލާމީ އުންމަތަށް އޮތް ލޯތްބެވެ. 
= އެއީ ހިތްވަރުފުޅު ގަދަ ނިންމެވުމެކެވެ. އެކަން އެދައްކަވައި ދެއްވީ ޢަމަލުންނެވެ. 
= އެމްޑީޕީއަށް 2008 ވަނަ އަހަރު ވެރިކަން ލިބުމާއިއެކު: 
1. އިޒްރޭލް މަތިންދާބޯޓުތައް ރާއްޖެޖައްސަން މަސައްކަތްކުރި. އެކަން ނުކުރެވުނީ ލަންކާއާއިއެކު ފަށަން މަސައްކަތް ކުރި ދަތުރުތަކަށް ލަންކާއިން ހުއްދަ ނިދުނުމުން
2. އިޒްރޭލާ ގުޅުން ބަދަހިކުރަން އިޒްރޭލުގެ ޑޮކްޓަރުން ރާއްޖެގެނެސް އެމީހުންގެ ހެޔޮކަން ދައްކަން މަސައްކަތްކުރި
3. ރާއްޖޭގެ ސްކޫލްތަކުގައި ހޮލޯކާސްޓް ކިޔަވައިދޭން މަޝްވަރާކޮށް އެއްބަސްވުން ޑްރާފްޓް ކުރިކަން ލީކުވި.
4. އިޒްރޭލް އަސްކަރިއްޔާ އާއި ގުޅުން ބަދަހިކުރަން މަސައްކަތްކުރި. އިޒްރޭލާއި ރާއްޖެޢާއިދެމެދު ގުޅުން ބަދަހިކުރުމުގެ މަސައްކަތުގަ އެންމެ އިސްދައުރެއް އަދާކުރީ ސަރުކާރުގެ އެންމެ އިސް ވަޒީރު! 
5. ރައީސް އިބްރާހީމް ގެ ވެރިކަމުގައި އިޒްރޭލުގެ ބޮޑުވަޒީރު ރާއްޖޭގައި ޗުއްޓީހޭދަކުރިކަމުގެ ޚަބަރު އިޒްރޭލުގެ ނޫސްތަކުގަ ޢާންމުކުރި. އެކަމާއި ގުޅިގެން ރާއްޖޭގެ ނޫސްތަކުގައި ލިޔުނު ލިޔުން ތަކަށް ސަރުކާރުން ޖަވާބެއް ނުދޭ.
6. ސަރުކާރުގެ މިނިންމުން ނިންމަން ވަޤުތު ނެގީ އެކަމުގެ މުހިންމުކަން ބޮޑުކަމުންކަން ފާހަގަކުރެވެއެވެ. އެއް ސބަބަކީ ހައްދު ފަހަނައަޅާފައިވާ އިޒްރޭލުގެ ޕާސްޕޯތް ގެންގުޅޭ މީހުންގެ ތެރޭގައި ހައްދުފަހަނައަޅާފައިވާ އިޒްރޭލުގެ ޕާސްޕޯޓް ގެންގުޅޭ މީހުންގެ ތެރޭގައި ފައުޅުގައި އިޒްރޭލާ ދެކޮޅަށް މުޒާހަރާ ކުރާ އެތައް މިލިއަން މީހުން ދުނިޔޭގެ އެކި ޤައުމުގައި ތިބުން ފާހަގަކުރެވެއެވެ. 
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މިނިންމެވުމަކީ ރާއްޖޭގެ ތާރީޚަށްބެލިނަމަވެސް ﷲަޚުރުވެރި އަދި ޝަރަފުވެރި ނިންމެވުމެކެވެ. ދިވެހިރައްޔިތުންގެ ވިންދާއި އެއްގޮތަށް ނިންމެވި ނިންމެވުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ