މުޅި މާލެ ސަރަހައްދުން ކަރަންޓް ކެނޑުން: ފުލުހުން ޚާއްސަ ތަހުގީގެއް ފަށައިފި

މުޅި މާލެ ސަރަހައްދުން ކަރަންޓް ކެނޑުމާއި ގުޅިގެން އެކަން ހިނގާ ދިޔަ ގޮތް ބެލުމަށް ފުލުހުން ޚާއްސަ ތަހުގީގެއް ފަށައިފި އެވެ.
މުޅި މާލެ ސަރަހައްދުން ކަރަންޓްގެ ޚިދުމަތް މެދުކެނޑުނީ މިއަދު 12:30 އެހާއިރު އެވެ. އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ކަމާބެހޭ ފަރާތްތަކުގައި އަންގަވާފައިވާ ކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފަ އެވެ.
ފުލުހުން ދެންމެ ބުނީ ‏ގްރޭޓަރ މާލެ ސަރަހައްދުން ކަރަންޓް ކެނޑިފައިވާ މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ އެކަން ހިނގި ގޮތް ބެލުމަށް ހާއްސަ ތަހުގީގެއް ފަށައިފައި ކަމަށެވެ.
މާލެ ސަރަހައްދުން ކަރަންޓް ކެނޑުމާއި ގުޅިގެން އާންމު ދިރިއުޅުމަށް ވަނީ ވަރަށް ބޮޑަށް ބުރޫއަރާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ