އައްޑޫގެ ކަރަންޓު ރަނގަޅު ނުކުރި ނަމަވެސް ޗައިނާގެ ކުންފުންޏަށް އެޑްވާންސަށް 500،000 ޑޮލަރު ދިން އައްޑޫގެ ކަރަންޓު ރަނގަޅު ނުކުރި ނަމަވެސް ޗައިނާގެ ކުންފުންޏަށް އެޑްވާންސަށް 500،000 ޑޮލަރު ދިން

އައްޑޫ ސިޓީގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރަން ހަވާލުކުރި ޗައިނާގެ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި 500،000 ޑޮލަރު (7.71 މިލިއަން ރުފިޔާ) ދީފައިވާކަން އެނގިއްޖެ އެވެ.
ކޮންޓްރެކްޓަ ފައިނޭންސްގެ އުސޫލުން މި މަޝްރޫއު ކުރިއަށް ގެންދަން އޭޕްރީލް 18، 2024، ގައި ހަވާލުކުރީ ޗައިނާގެ ޑޮންފަންގް އިލެކްޓްރިކް ކޯޕަރޭޝަންއާ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި ޑޮންފަންގް އިލެކްޓްރިކް ކޯޕަރޭޝަންއާ ހަވާލުކުރި މި މަޝްރޫއުގެ އެޑްވާންސް އަށް ފައިސާ ދިން ފަހުން 11 މަސް ދުވަސް ފާއިތުވެގެން ދިޔައިރު، މަޝްރޫއުގެ އަމަލީ އެއްވެސް މަސައްކަތް ނުކުރެ އެވެ.
މި މަޝްރޫއުގެ އެޑްވާންސް ދޫކުރީ ލޯނު ވެސް ހަމަޖެހުނުކަން ކަށަވަރު ނުކޮށް ކަމަށް އިތުބާރު ހުރި މަސްދަރުތަކުން މި ނޫހަށް މައުލޫމާތުދެ އެވެ.
މި މައްސަލަ އޭސީސީން އަދި އޮޑިޓަ ޖެނެރަލް ވެސް ބަލާކަން ހާމައެއް ކޮށްފައެއް ނުވެ އެވެ.
މި މަޝްރޫއުގެ ހުރިހާ ލިޔެކިޔުމެއް މިހާރު ފިނޭންސް މިނިސްޓްރީ އަށް ގެންގޮސްފައިވާ ކަމަށް ވެސް މައުލޫމާތު އެނގޭ މަސްދަރަކުން ބުންޏެވެ
މި މަޝްރޫއުއާ ގުޅޭ ގޮތުން ފެނަކަ ކޯޕަރޭޝަންގެ ބަހެއް އަދި ނުލިބެ އެވެ.
އައްޑޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރަން ޑޮންފަންގް އިލެކްޓްރިކްއާ ހަވާލުކުރީ 32 މެގަވޮޓްގެ ޕަވާ ޕްލާންޓަކާއެކު ޑިސްޓްރިބިއުޝަން ސިސްޓަމް އަޕްގްރޭޑް ކުރުމަށެވެ.
ދެ ފޭހަކަށް ބަހާލައިގެން ކުރިއަށް ގެންދަން ނިންމާފައި އޮތް މި މަޝްރޫއުގައި ގާއިމު ކުރާނީ 9.8 މެގަވޮޓުގެ ގެ ދެ ޖެން ސެޓާއި އަދި 5.8 މެގަވޮޓް ދެ ޖެން ސެޓު ކަމަށް ސަރުކާރުން ބުނެ އެވެ.
އެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާގައި އޭރު ފެނަކައިގެ މެނޭޖިން ޑިރެކްޓަރަކަށް އެއިރު ހުންނެވި މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ ޕަވާ ޕްލާންޓް ތަރައްގީ ކުރާނީ ޒަމާނީ ވަސީލަތްތަކާއެކު ކަމަށާއި، މަޝްރޫއު ނިމުމުން އައްޑޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ކުރިއަށް އޮތް 20 އަދި 25 އަހަރަށް ހައްލުވެގެންދާނެ ކަމަށެވެ.
ނަމަވެސް މިއަދާ ހަމައަށް އައިރު ވެސް މި މަޝްރޫއުގެ އަމަލީ އެއްވެސް މަސައްކަތް ނުފެށި އޮތް އިރު، އައްޑޫއިން ކަރަންޓު ކެނޑޭ މައްސަލަ މިހާރު ވަނީ ވަރަށް ބޮޑުވެ، އެކަމާ ހެދި ރައްޔިތުން ރުޅިގަދަވެ ފަ އެވެ.
ކަރަންޓު ކަނޑާ މައްސަލައިގައި އައްޑޫގައި މިއަދު އިހުތިޖާޖުކުރަން ވަނީ ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ