ހީނަރުވެފައިވާ އިންޑިއާ މާކެޓް ކުރިއަރަން ފަށައިފި: ޠާރިގު

ފަތުރުވެރިކަމުގެ މާކެޓުގައި ހީނަރުވެފައިވާ އިންޑިއާ މާކެޓް މިހާރު ކުރިއަރަން ފަށާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހީމް އިއްޔެ ވިދާޅުވެއްޖެއެވެ. މިދިޔަ އަހަރު ފެށުނުއިރު ވެސް އިންޑިއާ އޮތީ ރާއްޖެއަށް ފަތުރުވެރީން ޒިޔާރަތްކުރާ ލިސްޓުގެ އެއްވަނައިގައެވެ. އޮފް ސީޒަނުގައި ވެސް އިންޑިއާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރީންގެ އަދަދު ވަކި ދަށެއް ނުވެއެވެ. ނަމަވެސް އޭގެފަހުން މި ވެރިކަމުގެ ކުރީކޮޅު ދެ ގައުމުގެ ގުޅުން ގޯސްވެ، ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި އިންޑިއާއިން އަންނަ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް މަދުވިއެވެ. އިއްޔެ ރައީސް އޮފީހުން ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި މިނިސްޓަރު ޠާރިގު ވަނީ، އިންޑިއާ ފަތުރުވެރީންގެ އަދަދު މިހާރު އިތުރުވަމުން އަންނަކަމަށް ވިދާޅުވެ އިންޑިއާގެ ޓޫރިސްޓު އެރައިވަލް ޗާޓު ނޫސްވެރީންނަށް ދައްކާލާފައެވެ. ޓޫރިޒަމް ނިމިސްޓަރު ތޯރިގް އިބްރާހިމް: ހީނަރުވެފައިވާ އިންޑިއާގެ މާކެޓް ކުރިއަރަންފަށައިފި ކަމަށް އޭނާ ވިދާޅުވެއްޖެ -- ފޮޓޯ/ ރައީސް އޮފީސް ވަޒީރު ވިދާޅުވީ އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރީންގެ އަދަދު މިއަހަރުގެ ޖެނުއަރީ މަަހަށްވުރެ ފެބްރުވަރީ މަހު އިތުރުވެފައިވާ ކަމަށެވެ. އަދި ފެބުރުވަރީ މަހަށްވުރެ މާޗު މަހުގައި އެ އަދަދު ވަރަށް ބޮޑުތަނުން އިތުރުވެފައިވާކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. މިދިޔަ އަހަރުގެ ކުއާޓާ ވަން[އެކެއް] ގައި ޑިކްލައިނެއް އޮތް ރާއްޖެއައި އިންޑިއަން ފަތުރުވެރީންގެ. އެކަމު، އެހެންނަމަވެސް މި އަހަރު އަޅުގަނޑުމެންގެ ޕެޓާން ދައްކާ ގޮތުން ހަމަ ކޮންމެ މަހަކު ވެސް މައްޗަށް ދަނީ ހަމަ އިނގޭތޯ. ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހީމް މިނިސްޓަރު ވަނި އިންޑިއާގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް މިހާރު ވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ވިދާޅުވެފައެވެ. އެގޮތުން ކުރަމުންދާ ބައެއް މަސައްކަތްތަކުގެ ތެރޭގައި: އިންޑިއަން އެއާލައިން އިންޑިގޯއާއެެކު ޖޮއިންޓް ޕްރޮމޯޝަން އީ-ކޮމާސް ޕްލެޓްފޯމާއެކު ކެމްޕޭނެއް މީޑިއާ ފޭން ޓްރިފް ޓޮޕް އެޕްލިކޭޝަނާއެކު ކެމްޕޭނެއް މުމްބާއި، އިންދޯރު، އަހްމަދުއާބާދުގައި ވިޒިޓް މޯލްޑިވްސް ވީކް ދިއްލީ، ކަލްކަތާ، ރައިޕޫރުގައި ވިޒިޓް ހައިދަރުއާބާދު، ޗެންނާއި، ބެންގަލޫރުގައި މޯލްޑިވްސް ވީކް އިންޑިއާ މާކެޓުގެ ޓްރެންޑް މި އަހަރުގެ ކުރީކޮޅު އޮތް ގޮތަށް ބަލާއިރު: ޖެނުއަރީ 28، 2025ގެ ނިޔަލަށް: 9،184 ފަތުރުވެރިން ފެބްރުއަރީ 25، 2025ގެ ނިޔަލަށް: 10،137 ފަތުރުވެރިން މާރިޗު 11، 2025ގެ ނިޔަލަށް: 4،505 ފަތުރުވެރިން މިނިސްޓްރު ވަނީ މާ ގިނަ ދުވަސްތަކެއް ނުވެ އިންޑިއާ ފިލްމު އިންޑަސްޓްރީގެ ފުންނާބު އުސް ފިލްމު ސްޓާރުންނާ އެކު ވެސް ރާއްޖެ ޕްރޮމޯޓުކުރުމުގެ މަސައްކަތްތަކެއް ފެންނާނެކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ