ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނު ނާޖާއިޒު ގޮތުގައި ބޭނުމެއް ނުކުރާނެ: އުމަރު

ޓެރަރިޒަމްގެ ކުށްތައް ހުއްޓުވުުގެ ގާނޫނުގެ ބޭނުން ނާޖާއިޒު ގޮތުގައި ނުހިފާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ސަލާމަތީ ބާރުތަކަށް ބޮޑެތި އިހުތިޔާރުތަކެއް ލިބޭ އެ ގާނޫނާ މެދު އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅު ކުރަމުން އަންނަ މި ދަނޑިވަޅުގައި އުމަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮންމެ ގާނޫނެއް ވެސް އަދި ކޮންމެ ކަމެއް ވެސް އޭގެ ގޯސްގޮތުގައި ބޭނުންކޮށް އޭގެން ނާޖާއިޒު ފައިދާތަކެއް ނެގިދާނެ ކަމަށެވެ. ބަދިގޭގައި އޮންނަ ވަޅިން ތަރުކާރީ ކޮށަން ބޭނުން ކުރާ އިރު ހަމަ އެ ވަޅިން މީހުން ވެސް މެރިދާނެ ކަމަށް އުމަރު ވިދާޅުވި އެވެ.
"ޓެރަރިޒަމްގެ ކުށްތައް ހުއްޓުވުމުގެ ބިލްގެ ނާޖާއިޒު ފައިދާ މި ސަރުކާރަކުން ނުނަގާނެ. އެ ޔަގީންކަން އަޅުގަނޑު ދެން،" އުމަރު ވިދާޅުވި އެވެ.
ޓެރަރިޒަމްގެ ކުށްތައް މަނާކުރުމުގެ ބިލް އިއްޔެ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އެ ބިލް ފާސްކޮށްފައި ވަނީ އެމްޑީޕީ އިން އެ ބިލަށް ހުށަހެޅި ގިނަ އިސްލާހުތައް ނުލަ އެވެ.
ބިލްގައިވާ ގޮތުން ޓެރަރިޒަމަށް ވަނީ؛
މީގެ އިތުރުން ފާސް ކުރި އެ ބިލުގައި ބުނަނީ ޓެރަރިސްޓް ޖަމާއަތެއްގެ ލިޔެކިއުންތައް ބެހުމާއި ސާކިއުލޭޓު ކުރުމަކީ ވެސް ޓެރަރިޒަމުގެ އަމަލެއް ކަމަށާއި ޓެރަރިސްޓް ޖަމާއަތެއްގެ ލިޔެކިއުން ވިއްކުމާއި ދިނުމުގެ އިތުރުން އެފަދަ ލިޔެކިއުން އާންމު ގޮތެއްގައި މީހުންނަށް ކިޔޭނެ ނުވަތަ އަޑުއެހޭނެ ނުވަތަ ފެންނަން ހުންނާނެ ގޮތަށް އެތަކެތި ލިބުމަކީ ވެސް ޓެރަރިޒަމުގެ އަމަލެއް ކަމަށެވެ.
އެފަދަ ކުށެއް ކުރާ ފަރާތެއްގެ އަދަބެއްގެ ގޮތުގައި ބިލުގައި ބުނެފައި ވަނީ ހަތް އަހަރާއި 10 ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ކަނޑައަޅާފައިވާއިރު ޓެރަރިސްޓް ޖަމާއަތެއްގެ ލިޔުންތައް ޓީވީ ރޭޑިއޯ ނުވަތަ އިންޓަނެޓް މެދުވެރިކޮށް ނަމަވެސް ފެތުރުމަކީ ވެސް ކުށެކެވެ. އެ ކުށް ކުރި މީހެއްގެ އަދަބަކީ 10 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ