ރާއްޖޭގެ ކުރީގެ ހާރިޖީ ވަޒީރު އަދި އދ ގެ 'ސްޕެޝަލް ރެޕެޓުއަރ އޮން ފްރީޑަމް އޮފް ރިލިޖަން އޯ ބިލީފް' ޑރ. އަހުމަދު ޝަހީދު އިޒްރޭލަށް ތާއީދުކުރައްވާ ދެއްކެވި ވާހަކަފުޅާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެއްޖެއެވެ.
ޝަހީދު ސޯޝަލް މީޑިއާގައި އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި ބުނެފައިވަނީ ފަލަސްތީނުގެ ޣައްޒާގައި ވެރިކަން ކުރަމުން އަންނަ ހަމާސް އަކީ "ޓެރަރިސްޓުން" ކަމަށާއި، އިޒްރޭލުގެ ހާހަކަށް ވުރެ ގިނަ މީހުން މަރުވުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ. އަދި ރަހީނުކޮށްފައިވާ އިޒްރޭލް މީހުންގެ ސަލާމަތަށް އެދި ދުއާ ކުރާ ކަމަށް ވިދާޅުވެފައިވެއެވެ.
އެހެންނަމަވެސް ޝަހީދުގެ އެ މެސެޖުގައި ފަލަސްތީނުގެ މުސްލިމުން މަރަމުންދާއިރު އެކަމާއި ކަންބޮޑުވުން ފާޅު ކުރައްވާފައެއް ނުވެއެވެ.
ދީނީ މިނިވަންކަމަށް ވަކާލާތު ކުރައްވާ އދ ގެ ހާއްސަ މުޝީރުކަން ކުރައްވާ ޝަހީދު ވިދާޅުވީ ޔަހޫދީންނަށްއި ދެކޮޅު ނަސްލީ ތަފާތުކުރުންތަކާއި އޭނާ ދެކޮޅު ކަމަށާއި، އޭނާ ހުންނެވީ އިޒްރޭލުގެ ރައްޔިތުންނާއި އެއްކޮޅަށް ކަމަށެވެ. އަދި އިޒްރޭލަށް ތާއީދުކުރައްވާ ޝަހީދު ވަނީ ހަމާސްއިން ހިފަހައޓާފައިވާ އިޒްރޭލުގެ ރަހީނުން އެއްވެސް ޝަރުތަކާއި ނުލާ ދޫކޮށްލުމަށްވެސް ގޮވާލައްވާފައެވެ.
ދިވެހިރާއްޖެއަށް ނިސްބަސްވާ އަދި ކުރިން ދިވެހި ސަރުކާރުގައި ޒިންމާދާރު މަގާމުތައް ފުރުއްވި އެފަދަ ބޭފުޅަކު އިޒްރޭލާ އެއްކޮޅަށް އެރުއްވުމުން ދިވެހިން އަންނަނީ އޭނާއަށް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.
ފާޑުކިއުންތައް އަމާޒުވުމާއި އެކު ޝަހީދު ވަނީގެ އެ ވީޑިއޯ މެސެޖް ވަނީ ޑިލީޓް ކޮށްލައްވާފައެވެ. އެހެންނަމަވެސް އެކި މީހުން އަންނަނީ އެ މެސެޖު ސޯޝަލް މީޑިއާގައި ދައުރުކުރަމުންނެވެ.
ޝަހީދު އިޒްރޭލަށް ތާއީދުކުރެއްވުމުން ގިނަ ބައެއްގެ ނުރުހުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ