ރައީސް މުއިއްޒު، ޓެކްސީ ޑްރައިވަރސް އެސޯސިއޭޝަނާ ބައްދަލުކުރައްވައިފި މާފަރުގައި ތަރައްގީކުރި ކަސްޓަމްސްގެ އައު އޮފީހާއެކު އެ ސަރަހައްދަށް ކުރިއެރުންތަކެއް އަންނާނެ: އިހްސާން ޒުވާނުން ބިނާ ކުރުމަށް އަމާޒު ކުރާ ‘ލިޓް ފެސްޓް’ ހަފްތާ ބަންދު ގައި ބާއްވަނީ ނަދ

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް، ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޓިކެޓު ހޯދުމަށް ޕްރައިމަރީގައި 304 ކެންޑިޑޭޓުން ވާދަކުރާ ކަމަށް އެ ޕާޓީން ބުނެފި އެވެ.
ރާއްޖޭގެ މިހާރުގެ އެންމެ ބޮޑު ޕާޓީން ރޭ ވަނ އެ ދެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބަލައި ޕްރައިމަރީ ބާއްވަންޖެހޭ އިންތިހާބީ ދާއިރާތަކާއި އެ ދާއިރާތަކުން ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ވެސް އާންމުކޮށްފަ އެވެ.
ޕީއެންސީގެ ޕްރައިމަރީ އޮންނާނީ މި މަހުގެ 27 ގަ އެވެ. ޕްރައިމަރީގައި ޖުމްލަ 304 ކެންޑިޑޭޓުން ވާދަކުރެ އެވެ. އޭގެ ތެރެއިން ކައުންސިލުތަކުގެ ޕްރައިމަރީގައި 183 ކެންޑިޑޭޓުން ވާދަކުރާ އިރު، އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ޕްރައިމަރީގައި 121 ކެންޑިޑޭޓުން ވާދަކުރެ އެވެ.
ޕީއެންސީން ބުނީ ދެ އިންތިހާބުގައި އެ ޕާޓީގެ ޓިކެޓުގައި ވާދަކުރުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޕްރައިމަރީއަކާ ނުލައި ހޮވިފައިވާ ފަރާތްތަކުގެ މައުލޫމާތު ޕާޓީގެ ޕޯޓަލް މެދުވެރިކޮށް ފެންނަން ހުންނާނެ ކަމަށެވެ. އަދި ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބީ ދާއިރާތަކުގެ ޕާޓީގެ މެންބަރުންގެ ލިސްޓު، ޕާޓީގެ ޕޯޓަލް މެދުވެރިކޮށް އެ ދާއިރާއަކުން ވާދަކުރާ ކެންޑިޑޭޓަކަށް ލިބޭނެ އިންތިޒާމު ވެސް ހަމަޖައްސާފާއިވެ އެވެ.
ޕީއެންސީން ބުނީ ޕްރައިމަރީއާ ގުޅޭ ގޮތުން އެއްވެސް ޝަކުވާއެއް އޮތް ނަމަ އެ ޝަކުވާއެއް ޕާޓީ އޮފީހަށް ފޮނުވާނީ އިންތިހާބީ ޝަކުވާ ހުށަހެޅުމަށް ހާއްސަކޮށްފައިވާ ނަންބަރު، 9323686 އަށް ވައިބާ ނުވަތަ ވަޓްސްއެޕް މެދުވެރިކޮށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ