ޝައުފާ ހައްޔަރުކޮށްފި، ތުހުމަތު ނުކުޅެދުންތެރިކަން ހުންނަ ދަރިފުޅަށް އަނިޔާކުރުން

ކުޅުދުއްފުށީ ކައުންސިލްގެ ކުރީގެ މެންބަރު ޝައުފާ އިބުރާހިމް ހިލްމީ ހައްޔަރުކޮށްފި އެވެ.އޭނާ ހައްޔަރު ކޮށްފައިވަނީ ދަރިފުޅަށް އަނިޔާކުރި ކަމުގެ ތުހުމަތުގަ އެވެ. ޝައުފާގެ މައްޗަށް އޭނާގެ ނުވަ އަހަރަށްދާ ދަރިފުޅަށް އަނިޔާކުރި ކަމުގެ ތުހުމަތު އޮތް ނަމަވެސް އެ މައްސަލައިގެ ތަފްސީލެއް ފުލުހުން ނުދެ އެވެ.
ނަމަވެސް ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް އަނިޔާކުރި މައްސަލައެއް ހުށައަޅާފައިވާ ކަމަށާ އެ މައްސަލައާ ގުޅިގެން އަންހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ވަނީ ބުނެފަ އެވެ. އެއީ 30 އަހަރުގެ އަންހެނެއް ކަމަަށާ އޭނާ ހައްޔަރު ކުރީ އިއްޔެ ކަމަށް ބުނެފައިވެ އެވެ.
އަންހެން މީހާ ހައްޔަރުކުރީ ކޯޓް އަމުރެއް ހޯދައިގެންނެވެ.
ޝައުފާ އަކީ ނިމިދިޔަ ސަރުކާރުގައި ސިޔާސީ މަގާމެއްގައި ވެސް ހުރި މީހެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ