ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކުރުމާ ގުޅިގެން، އީރާނުގެ އިސްވެރިންނަށް އަމާޒުކޮށް އިޒްރޭލުން ދެމުންދިޔަ ހަމަލާތައް މަޑުޖައްސާލައިފި އެވެ.
މި މަޝްވަރާތަކުގެ މައުލޫމާތު އެނގޭ އޮފިޝަލަކު ރޮއިޓާސްއަށް ވިދާޅުވި ގޮތުގައި، ޕާކިސްތާނުގެ މެދުވެރިވުމާ އެކު، އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ އާއި މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލީބާފް، އިޒްރޭލުން ހަމަލާދޭން ކަނޑައަޅާފައިވާ މީހުންގެ ލިސްޓުން ވަގުތީ ގޮތުން ވަނީ އުނިކޮށްފަ އެވެ.
"އިޒްރޭލުން ތިބީ އެ ބޭފުޅުން ތިއްބެވި ތަންތަން ސީދާ ދެނެގަނެ، އެ ބޭފުޅުން އަވަހާރަކޮށްލަން ތައްޔާރަށް. ނަމަވެސް އެ ބޭފުޅުން ވެސް ނައްތާލައިފި ނަމަ، ދެން ސުލްހައިގެ ވާހަކަދައްކާނެ އެހެން ބަޔަކު ނުތިބޭނެ،" އެ އޮފިޝަލް ވިދާޅުވި އެވެ.
މީގެ އިތުރުން، އެމެރިކާއިން ވެސް ވަނީ އެ ހަމަލާތައް މަޑުޖައްސާލުމަށް އިޒްރޭލަށް ބާރުއަޅާފަ އެވެ.
މި ނިންމުން އައިސްފައިވަނީ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި ޕާކިސްތާނުގެ އިތުރުން މިސްރާއި ތުރުކީން ގުޅިގެން، ތެހެރާނާއި ވޮޝިންޓަނާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާކޮށް ސުލްހަ ގާއިމުކުރުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.
ހަނގުރާމަ ހުއްޓުވުމަށްޓަކައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވާ 15 ނުކުތާގެ މައްޗަށް އެކުލެވޭ ހުށަހެޅުން އީރާނުން މިހާރު ދަނީ ދިރާސާކުރަމުންނެވެ. ނަމަވެސް، މިވަގުތު އިތުރު މަޝްވަރާއެއް ބޭއްވުމުގެ ގަސްތެއް ނެތް ކަމަށް ހާރިޖީ ވަޒީރު އަރަގްޗީ ވަނީ ވިދާޅުވެފަ އެވެ.
ޕާކިސްތާނުން ބާރުއަޅައިގެން އީރާނުގެ އިސްވެރިންނަށް ހަމަލާދިނުން މަޑުޖައްސާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ