މާލޭގައި މިއަދު ހިނގި ދެވަނަ އަލިފާނުގެ ހާދިސާ: ކެމިކަލް ގުދަނެއް އެއްކޮށް އަނދައިފި ދިގުރަށުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި 5 ބިދޭސީން މަރުވެއްޖެ އައްޑޫގައި ރޯވި ދޯނި އަޑިއަށް ގޮސްފި, އެކަކު ފިހުނު ޓޭކްއަވޭގެ ޚިދުމަތްދޭ ތަނެއްގައި ރޯވެއ

ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ސްކޫލަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް، ދަރިވަރުންގެ ކިޔެވުމަށް އެއްވެސް ބުރޫއެރުމެއް ނާންނާނެ ކަމުގެ ޔަގީންކަން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ދެއްވައިފިއެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ ރޭ ދަންވަރު ބާރަގަޑި ބައި ހާއިރު، ސްކޫލުގެ ޕްރައިމަރީ ސްޓާފްރޫމުގައި ހުރި އޭސީއެއްގައި ރޯވެގެންނެވެ. އެ އަލިފާންގަނޑު ފެތުރިގެން ގޮސް، ޖެހިގެން ހުރި ޕްރިންޓިން ރޫމާއި ކްލާސްރޫމެއް ވަނީ އެއްކޮށް އަނދައިފައެވެ. އަލިފާންގަނޑު ކޮންޓްރޯލްކޮށް ނިއްވާލެވުނީ ރޭ ދެގަޑި ބައި ހާއިރުއެވެ. މި ސްކޫލަކީ ހަތްސަތޭކަ ފަންސާހެއްހާ ދަރިވަރުން ތައުލީމު ހާސިލުކުރަމުން އަންނަ ސްކޫލެކެވެ.
މިކަމާ ގުޅިގެން މިނިސްޓަރު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސްކޫލުގެ އެއް އިމާރާތް އަނދައިގެން ދިއުމަކީ ލިބުނު ވަރަށް ބޮޑު ދެރައެއް ކަމަށާއި އެއީ ބޮޑު ގެއްލުމެއް ކަމަށެވެ. އެހެންނަމަވެސް، މި ހަފުތާގައި ސްކޫލުގެ ކިޔެވުން އަލުން ފެށުމުގެ ކުރިން ބޭނުންވާ މުހިންމު އިންތިޒާމުތައް ހަމަޖައްސަވައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން، ސްކޫލުގެ ޕްރިންޓިން ރޫމަށް ބޭނުންވާ މެޝިނަރީތަކާއި، ޓީޗަރުންނަށް ބޭނުންވާ ކޮމްޕިއުޓަރުގެ އިތުރުން ފަރުނީޗަރު ވެސް ކިޔެވުން ފެށުމުގެ ކުރިން ސްކޫލަށް ލިބޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިއާއެކު، ކުދިންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދެވޭނެކަން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ