ދެ ސިޓީއަކަށް ސްޕެޝަލް ކޮންސްޓަބިއުލަރީން ހޯދަނީ

ދެ ސިޓީއަކަށް ފުލުހުންގެ ސްޕެޝަލް ކޮންސްޓަބިއުލަރީ ކޮންސްޓަބަލުން ހޯދަން އިއުލާންކޮށްފި އެވެ.
ފުލުހުންގެ އެ އިދާރާ އިން އެ މަގާމުތަކަށް މީހުން ހޯދަން އިއުލާންކުރީ ކުޅުދުއްފުއްޓާއި ތިނަދުށެވެ. އެގޮތުން ކުޅުދުއްފުއްޓަށް 20 ސްޕެޝަލް ކޮންސްޓަބިއުލަރީ ކޮންސްޓަބަލުން ބޭނުންވާ އިރު، ތިނަދު އަށް ހޯދަނީ އެކެކެވެ.
މި ވަޒީފާތަކަށް ޝައުގުވެރިވާ މީހުންނަށް އެޕްލައި ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 5 އާ ހަމައަށެވެ. މަގާމުގެ ޝަރުތަކުގެ ތެރޭގައި ގްރޭޑް 10 ނިންމާފައިވުމާއި މީލާދީ ގޮތުން 18-35 އަހަރާ ދެމެދުގެ މީހަކަށްވުް ހިމެނެ އެވެ. މީގެ އިތުރުން
ފިރިހެނަކު ނަމަ އިސްކޮޅުން 05 ފޫޓް 03 އިންޗި، އަދި އަންހެނަކު ނަމަ އިސްކޮޅުން 05 ފޫޓް ހަމަވާން ޖެހެ އެވެ.
ސްޕެޝަލް ކޮންސްޓަބިއުލަރީ ކޮންސްޓަބަލުންގެ އަސާސީ މުސާރަ އަކީ މަހަކު 17,175ރ. އެވެ.
ފުލުހުންގެ އިދާރާ އިން ވަޒީފާތަކަށް އެޕްލައިކޮށް ހުށަހަޅާނީ ކުޅުދުއްފުއްޓާއި ތިނަދޫ ޕޮލިސް ސްޓޭޝަނަށް ކަމަށެވެ. އިންޓަވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ މީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ