ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދުގެ ފަރާތްޕުޅުން ރާއްޖޭގައި ކުރިއަށްގެންދާ ރޯދަ ވީއްލުމުގެ ހަރަކާތް މިއަދު ރަސްމީކޮށް ފައްޓަވައިފިއެވެ.
ރޯދަ ވީއްލުމުގެ ހަރަކާތް ފައްޓަވާފައިވަނީ މިއަދު އެކަމަށްޓަކައި އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ފައްޓަވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދެވެ. މި ހަރަކާތުގައި ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގެ އިސް އޮފިޝަލުންނާއި މި ހަރަކާތުގައި ބައިވެރިވުމަށް ޒިޔާރަތްކުރި ފަވްދުގެ ބޭފުޅުން ބައިވެރިވިއެވެ.
ރޯދަ ވީއްލުމުގެ ހަރަކާތް ފެށުމުގެ ތެރެއިން..
ސައުދީ ރަސްގެފާނު ކުރިއަށްގެންދަވާ ރޯދަ ވީއްލުމުގެ މި ޕްރޮގްރާމުގެ ދަށުން ކޮންމެ ދުވަހަކު 150 މީހަކަށް ރޯދަ ވީއްލުން ދިނުމަށް ވަނީ ނިންމާފައެވެ.
މި ހަރަކާތް ކޮންމެ އަހަރެއްގެވެސް ރޯދަމަހު ކުރިއަށްދާއިރު، މިއަދު ވަނީ މޮޅު ކަދުރު ހަދިޔާކުރުމުގެ ޕްރޮގްރާމްވެސް އިފްތިތާހްކޮށްފައެވެ.
ސައުދީ ރަސްގެފާނުގެ ފަރާތްޕުޅުން ދެއްވާ ރޯދަ ވީއްލުމުގެ ހަރަކާތްފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ