ގިނައިރު ޗާޖް ހުންނަ ވަރުގަދަ ބެޓެރީއާއެކު އޮނާ 600 ނެރެނީ
ޗައިނާގެ މަޝްހޫރު އޮނާ ކުންފުނީގެ އެންމެ ފަހުގެ "އޮނާ 600" ސީރީޒްގެ ސްމާޓްފޯންތައް މި މަހުގެ 23 ވަނަ ދުވަހު ދުނިޔޭގެ ބާޒާރަށް ތައާރަފްކުރަން އެ ކުންފުނިން ނިންމައިފިއެވެ. މި ސީރީޒްގައި ހިމެނެނީ އޮނާ 600 އަދި އޮނާ 600 ޕްރޯއެވެ. މި ފޯނުތަކުގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ 9,000މިލީއެމްޕަޔާގެ ބޮޑު ބެޓެރީ ކެޕޭސިޓީއެއް ހިމެނުމެވެ. މީގެ އިތުރުން 200 މެގަޕިކްސެލްގެ މައި ކެމެރާއެއް މި ފޯނުތަކުގައި ހިމެނޭނެ ކަމަށް މައުލޫމާތު ލިބެއެވެ. އޮނާގެ ގްލޯބަލް ކޮމިއުނިކޭޝަންސް ލީޑް ބަވްޔާ ސިއްދައްޕާ ވަނީ މި ފޯނުތަކުގެ ރީޓެއިލް ފޮށިތަކުގެ ފޮޓޯއެއް ހިއްސާކޮށް، ފޯނުތައް ބައިނަލްއަގުވާމީ މާކެޓަށް ނެރުމަށް ތައްޔާރުވަމުންދާކަން ހާމަކޮށްފައެވެ. ފްރާންސްގައި މި ފޯނުތައް ރަސްމީކޮށް ނެރޭނީ އެ ގައުމުގެ ގަޑިން އޭޕްރީލް 23 ގެ ހެނދުނު 10:00 ގައެވެ. މި ފޯނުތަކުގެ ފަހަތުގައި ހިމެނެނީ ދިގުއަކަ ބައްޓަމަށް ( ރެކްޓޭންގިއުލާ ) ބައްޓަމުގެ ކެމެރާ މޮޑިއުލްއެކެވެ. ދެ މޮޑެލްގެ ކެމެރާ އެތުރިފައިވާ ގޮތުގައި ތަފާތުތަކެއް ހުރިކަން އޮނާ އިން ވަނީ ފާހަގަކޮށްފައެވެ. އޮނާ 600 ފޯނު ބާޒާރަށް ނެރެން ހަމަޖެހިފައިވަނީ ކަޅު، ރަން ހުދު އަދި އޮރެންޖު ކުލައިގައެވެ. މި ފޯނުގައި ހިމެނެނީ ވަކިވަކި ބުރުތަކެއްގެ ތެރޭގައި ހިމެނޭ ދެ ކެމެރާއެވެ. އޮނާ 600 ޕްރޯގައި ތިން ކެމެރާ ހިމެނޭއިރު، އޭގެ ތެރޭގައި ތަންތަން ބޮޑުކޮށްގެން ފޮޓޯ ނެގުމަށް އެހީތެރިވެދޭ ޕެރިސްކޯޕް ޓެލެފޮޓޯ ލެންސެއް ހިމެނޭނެ ކަމަށް ބެލެވެއެވެ. މި ފޯނު ލިބެން ހުންނާނީ ކަޅު އަދި ރަން ހުދު ކުލައިގައެވެ. މި ސީރީޒްގެ ދެ ފޯނުގައިވެސް 6.57 އިންޗީގެ 1.5ކޭ އޯލެޑް ޑިސްޕްލޭއެއް ހިމެނޭނެއެވެ. މި ފޯނުތަކުގައި ބޭނުންކުރާނީ ސްނެޕްޑްރަގަން 8 ސީރީޒްގެ ވަރުގަދަ ޕްރޮސެސަރެކެވެ. މީގެ ކުރިން މެލޭޝިޔާގައި އޮނާ 600 ލައިޓްގެ ނަމުގައި ފޯނެއް ނެރުނު ނަމަވެސް، އެ މޮޑެލް ދުނިޔޭގެ އެހެން ބާޒާރުތަކަށް ނެރުމަކީ ނާދިރު ކަމެކެވެ. އޭޕްރީލް 23 ގައި ބާއްވާ ހަރަކާތުގައި މި ފޯނުތަކުގެ އަގުތައް ހާމަވެގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ