ސިޔާސީ ޕާޓީތަކަށް ރައްޔިތުން ކުރާ އިތުބާރު ނިމިގެންދިޔަ އެމްޑީޕީ ޕްރައިމަރީ އިންތިހާބުން އެނގިގެން ހިނގައްޖެކަމަށް ކުރީގެ ހޯމް މިނިސްޓަރުކަން ކުރެއްވި އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ނިމިގެންދިޔަ އެމްޑީޕީ ޕްރައިމަރީ ނަތީޖާއަށްފަހު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި އުމަރު ވިދާޅުވީ، މޭޔަރުކަމުގެ ޕްރައިމަރީގައި ވޯޓުލާން ނެރެވުނު ޕާޓީމީހުންގެ އަދަދު ބުނެދޭ ހަޤީގަތަކީ ޕާޓީތަކަށް މީހުން ކުރަމުން އައި އިތުބާރު ގެއްލިއްޖެ ކަމެވެ. ކެމްޕެއިންތަކެއްކޮށް 54،680 މީހުންގެ ވޯޓުލެވޭ މާލެސިޓީން އެމްޑީޕީއަށް ނެރެވުނީ 2،436 މީހުންކަމަށާއި، މިއީ މާލޭގެ ވޯޓުލާ އާބާދީގެ 4 އިންސައްތަކަން އުމަރު ވިދާޅުވިއެވެ. އަދި ހަމަ އެހެންމެ ވެރިކަންކުރާ ޕީއެންސީވެސް އޮތީ ހަމަ އެހާލުގައިކަން އުމަރު ފާހަގަކުރެއްވިއެވެ.
އުމަރު ވިދާޅުވީ، މީގެ 15 އަހަރު ކުރިން ބޭއްވުނު މިފަދަ އެތެރޭގެ އިންތިހާބުތަކާ މިއަދާ އަޅާބަލާލުމުން ސިޔާސީ ޕާޓީތަކުގެ އަވާމެންދުރުން ދިވެހިން މިނިވަން ވެއްޖެކަމަށް އުމަރު ވިދާޅުވިއެވެ.
ސިޔާސީ ޕާޓީތަކުން ރާއްޖެއަށް ގެނެސްދިނީ ކޮރަޕްޝަނާއި އިސްރާފްކަން ފާހަގަކުރައްވަމުން އުމަރު ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ސަބަބުން ވޭތުވެދިޔަ 20 އަހަރެއްހާދުވަހުގެ ތެރޭގައި ރާއްޖެ ދިޔައީ ފަހަތަށްކަމަށެވެ. އެހެންކަމުން އަލަށް ކިޔައިދޭނެ ވާހަކައެއް އަދި ގޮވާނެ ސްލޯގަންއެއް ނެތްކަންވެސް އުމަރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އުމަރު ވިދާޅުވީ ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި ހުރިހާ ސިޔާސީ ޕާޓީތަކެއް އެއް ސަންދޯކުން ކަފުންކުރެވިގެންދާނެ ކަމަށެވެ.
ރިޔާސީ އިންތިހާބުގައި ސިޔާސީ ޕާޓީތައް އެއް ސަންދޯކުން ކަފުން ކުރެވިގެންދާނެ: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ