މާަދަމާ ފަހު ރޯދަ؛ އީދަކީ ހުކުރު ދުވަސް

މާދަމާއަކީ ރާއްޖެއަށް ރޯދަމަހުގެ 30 ވަނަ ދުވަސް ކަމަށާއި ފިތުރު އީދަކީ ހުކުރު ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން އިއުލާންކޮށްފި އެވެ.
ތަފްސީލު - އިސްލާމިކް މިނިސްޓްރީގައި މިރޭ ބޭއްވި ހަނދު ސާބިތުކުރުމުގެ ރަސްމިއްޔާތުގައި އިއްވި ހަނދާ ބެހޭ ބަޔާނުގައި ބުނީ އިސްލާމީ އެއްވެސް ގައުމަކަށް ޝައްވާލުމަހުގެ ހަނދު ފެނިފައި ނުވުމާއި، ރާއްޖޭގެ އެއްވެސް ސަރަހައްދަކަށް ވެސް ހަނދު ފެނިފައި ނުވާތީ، މި އަހަރުގެ ރޯދަމަހުގެ އެންމެ ފަހު ދުވަހަށް ވާނީ މާދަމާ ކަމަށެވެ.
މި އަހަރުގެ ފިތުރު އީދު ދުވަހަށް ވާނީ މާޗު 20ވާ ހުކުރު ދުވަސް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
މިއަހަރުގެ ކަލަންޑަރުގައި ވެސް ފިތުރު އީދު ދުވަހުގެ ގޮތުގައި ކަނޑައަޅާފައިވަނީ 20 މާޗެވެ.
އެނގުން މުހިންމު - ސައުދީން ވެސް ވަނީ މިރޭ ހަނދު ފެނިފައިނުވާތީ، މާދަމާއަކީ ރޯދަމަހުގެ 30 ކަމާއި އީދު ވާނީ ހުކުރު ދުވަސް ކަމަށް ކަނޑައަޅާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ