އުރީދޫން ރޯދައިގައި ބާއްވާ ގޭމިން ފެސްޓިވަލްގައި ބައިވެރިވުން މިރޭ ނިމޭނެ

މި ރޯދަމަހު ބާއްވާ އީ-ސްޕޯޓްސް ފެސްޓިވަލްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިރޭ ހަމަވާނެ އެވެ.
ވީ ކިހިނެއް؟ - އުރީދޫން ޔޫތު މިނިސްޓްރީއާ ގުޅިގެން މި ފެސްޓިވަލް ވިދިވިދިގެން ދެވަނަ އަހަރު އަލުން ފަށާއިރު، މިއީ ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް، ވާދަވެރި ގޭމިން ކަލްޗާ ކުރިއެރުވުމަށާއި ރޯދަމަހު ޑިޖިޓަލް މުނިފޫހިފިލުވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ބާއްވާ ފެސްޓިވަލެކެވެ.
ތަފްސީލް - މި ފެސްޓިވަލްގައި:
އޮންލައިން އަދި އިން-ޕާސަން މުބާރާތްތައް ވެސް ހިމެނޭ 
ޕަބްޖީ މޮބައިލް (ޕަބްޖީއެމް) އަދި މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ) މުބާރާތްތައް އޮންލައިންކޮށް ބާއްވާއިރު، އެ މުބާރާތްތަކަށް ރަޖިސްޓްރީ ކުރުން ވަނީ ނިމިފައި
މި މެޗުތައް މިއަދު ފަށާނީ އޮންލައިންކޮށް
އީއޭއެފްސީ އަދި ޓެކެން މުބާރާތްތައް ކުރިއަށް ގެންދާނީ ޔޫތު ހަބްގައި ލޭން އިވެންޓްތަކެއްގެ ގޮތުގަ އެވެ. މި މުބާރާތްތަކަށް ރަޖިސްޓްރީ ކުރުމުގެ މުއްދަތު މިރޭ 11:59ގައި ހަމަވާނެ އެވެ.\
ވާދަވެރި ކުޅުމުގެ އިތުރުން، މި ފެސްޓިވަލްގައި ގޭމިން އެކްސްޕީރިއަންސެއް ވެސް ލިބިގެންދާނެ އެވެ. ޔޫތު ހަބަށް ޒިޔާރަތްކުރާ ފަރާތްތަކަށް ބީޓް ސޭބާ، ރޭސިން ސިމިއުލޭޓަރު، ނިންޓެންޑޯ ސްޕޯޓްސް، މޯޓަލް ކޮމްބެޓް އަދި އީއޭއެފްސީ ފަދަ ތަފާތު އިންޓަރެކްޓިވް ގޭމްތައް ކުޅުމުގެ ފުރުސަތު ލިބޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ