އައްޝައިހު އަބްދުލްއަޒީޒް ހުސައިނަށް ސްޓްރޯކެއް ޖެހި ފަރުވާ ދެނީ
ދީނީ ޢިލްމުވެރިޔާ އައްޝައިޚް އަބްދުލްއަޒީޒް ހުސައިނަށް ސްޓްރޯކެއް ޖެހި ފަރުވާ ދޭން ފަށައިފި އެވެ.އަޒީބެއަށް ސްޓްރޯކެއް ޖެހިގެން ފަރުވާދެމުން ގެންދާ ކަން ދަރިކަލުން އަހުމަދު ކުމައިލް ވަނީ ފޭސްބުކް ޕޯސްޓެއްގައި ހާމަކުރައްވައިފަ އެވެ. ނަމަވެސް، އަޒީބެގެ ހާލަތާ ގުޅޭ އެއްވެސް މައުލޫމާތެއް ދެއްވާފައެއް ނުވެ އެވެ. ކުމައިލް ވަނީ އަޒީބެއަށް ހެޔޮ ދުއާކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ. ޝެއިޚަށް ސްޓްރޯކެއް ޖެހުމާއި ގުޅިގެން ދީނީ އިލްމުވެރީންނާއި ވަރަށް ގިނަ އާންމުން ދަނީ ހެޔޮ އެދުމުގެ ޝުޢޫރުތައް ފާޅު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ