ދިވެހިރާއްޖޭގެ ޓެރަރިސްޓު ޖަމާއަތްތަކުގެ ލިސްޓުން، ސީރިއާގައި ހަރަކާތްތެރިވާ ހަޔާތު ތަހްރީރް އަލް ޝާމް (އެޗްޓީއެސް) އުނިކޮށް، ދިވެހިންނަށް ސީރިއާއަށް ދަތުރުކުރުމުގެ ހުއްދަ ސަރުކާރުން ދީފިއެވެ. މިއީ ވޭތުވެދިޔަ 7 އަހަރެއްހާ ދުވަހު މަނާކޮށްފައި އޮތް ކަމެކެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓު މުރާޖާކުރުމަށްފަހު ނެރުއްވި އައު ލިސްޓުން އެޗްޓީއެސް ވަނީ އުނިކޮށްފައެވެ. އެޗްޓީއެސް އަކީ 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މި ލިސްޓުގައި ހިމަނާފައިވާ ޖަމާއަތެކެވެ. މި ޖަމާއަތަކީ ސީރިއާގެ ބޮޑު ސަރަހައްދެއްގައި ވެރިކަން ހިންގަމުން އަންނަ ޖަމާއަތެކެވެ.
މި ބަދަލާއެކު، ސީރިއާއަކީ ދިވެހިން ދަތުރުކުރުން މަނާ ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް އޮތުން ވަނީ ނިމުމަކަށް އައިސްފައެވެ. މީގެ ކުރިން މި ލިސްޓުގައި ހިމެނޭ ޖަމާއަތްތައް ހަރަކާތްތެރިވާ ސަރަހައްދުތަކަށް ދިއުމަކީ ބޮޑެތި ޖަލު ހުކުމް އަންނަ ކުށެކެވެ. އެޗްޓީއެސް އުނިކުރުމުން، ދިވެހި ސަރުކާރުން ޓެރަރިސްޓު ޖަމާއަތްތަކުގެ ގޮތުގައި މިހާރު ބަލައިގަންނަނީ 19 ޖަމާއަތެކެވެ.
ރާއްޖޭގެ ޖަމިއްޔާއަކުން އެހީވެގެން ސީރިއާގައި ސްކޫލެއް ހުޅުވަައިފި ސީރިއާގައި ޖާނުން ފިދާވުމުގެ ހަމަލާ ދިނީ ދިވެއްސެއް ނޫން ސީރިއާގައި ހަނގުރާމަކުރަމުން ދިޔަ ދިވެއްސަކު މަރުވެއްޖެ ސީރިއާގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް މަސައްކަތްކުރަނީ މަގުބޫލު ލިޔުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ