ކުށްކުރެވެމުން އައި ފިރިއަކަށް އަނބިމީހާ އެންމެ ފަހުން ދިން މެސެޖް- ލިބިގަންނަންޖެހޭ މުހިންމު ފިލާވަޅެއް!

ޒުވާން ދެމަފިރިންނެވެ. ފިރިމީހާގެ ކިބައިން އަބަދުހެން ކުށްތައް ފެނެއެވެ. ފިރިމިހާއަކީވެސް ރަނގަޅު މިޒާޖުގެ މީހަކަށްވާތީ ކޮންމެ ފަހަރަކުވެސް މާފަށް އެދެއެވެ.  
އެދުވަހު ހެނދުނު ސައިބޯން ތިބެގެންވެސް އަނބިމީހާއަށް ދައްކަން ޖެހުނީ ފިރިމީހާ އެރޭ ކުރި ކުށެއްގެ ވާހަކައެވެ. ރޭގަނޑު ބޭރަށްދަމުން ގެންދިއަ 200 ޑޮލަރު އެކުވެރިންނަށް ޚަރަދުކުރިވާހަކައެވެ. ލަހުން ނިދަން ގެއަށް އައި ވާހަކައެވެ. ފިރިމީހާ ވަޤުތުން މާފަށް އެދުނެވެ.  
ފިރިމީހާ މަސައްކަތުން އެނބުރި ގެއަށް އައިއިރު އަނބިމީހާ ގެއިން ނުކުމެގެންދާން ތައްޔާރުވަނީއެވެ. ބުންޏެވެ. "އަހުރެންމާފަށް އެދިއްޖައިމެއް ނޫންހެއްޔެވެ؟ މާފުނުކޮށް ތިއަދަނީ ކީއްވެގެން ހެއްޔެވެ؟" 
އަނބިމީހާގެ ޖަވާބަކަށްވީ: "މިލިއަން ފަހަރު މާފަށް އެދުނަސް އުޅުން އިޞްލާޙްނުކުރާނަމަ ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ ރޭވެސް ތިއަ ކަރަދުކޮށްލީ ގޭގެ ޚަރަދަށް ހަފްތާއަކު ކުރަންޖެހޭ ޚަރަދެވެ. އަދި އެވަރުންވެސް ނިދަން އައިއިރެއްވެސް ނުއެނގެއެވެ. މިއީ ދެމަފިރިން ހެއްޔެވެ؟ މިއީ ދިރިއުޅުމެއް ހެއްޔެވެ؟"  
އެހެން ބުނެފައި ނުކުމެގެން ދިއުމުން ފިރިމީހާއަށް ވަރަށް އަސަރުކުރިއެވެ. އަނބިމީހާ އެބުނީ ތެދެއްކަން ވިސްނުނެވެ.  
މިއީ ކުށްކުރެވޭ ފިރިއެއްގެ ވާހަކައެވެ. އަނބިމީހާނަމަވެސް ކުށްތަކުރާރުކުރެވޭނަމަ ކަންކަން ހަމަ މިގޮތަށް ކުރިމަތިވާނެކަން ވިސްނަންވާނެއެވެ. އެއަނބިމީހާ އެބުނީ ވަރަށް ރަނގަޅުވާހަކައެކެވެ. ތަސްބީޙް ކިޔާ ގޮތަށް އަބަދު މާފަށް އެދިއެދި ހުއްޓަސް ޢަމަލުތައް އިޞްލާޙްނުކުރާނަމަ ކުރާނެ ފައިދާއެއް ނެތެވެ.
 
- މިއަދުނޫސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ