އެސްޓީއޯ ފާމަސީތައް ބޭސް ކުންފުނީގެ ދަށަށް ބަދަލުކުރަނީ

ސަރުކާރުން ބޭސް އެތެރެކުރުމަށް އުފައްދާފައިވާ ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންގެ ދަށަށް އެސްޓީއޯގެ ފާމަސީތައް ބަދަލު ކުރަން ތައްޔާރުވެއްޖެ އެވެ.ބޭހާއި މެޑިކަލް ކޮންސިއުމަބަލްސް އެތެރެކުރުމަށް ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިގެ ނަމުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު 9 ގައި ސަރުކާރުން އުފެއްދި ކުންފުނީގެ އަމަލީ މަސައްކަތް ފަށައިގަތުމުގެ ތައްޔާރީތައް ވަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެ އެވެ. އެނގިފައިވާ ގޮތުގައި މާލެ ސަރަހައްދުގައި ހިންގާ އެސްޓީއޯގެ ފާމަސީތަކާ، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި އިން ހަވާލުވުމުގެ މަސައްކަތް އަންނަ ހަފުތާގެ އަންގާރަ ދުވަހު ފަށާނެ އެވެ. އެއާ އެކު، އެސްޓީއޯ އިން މާލެ އާއި ރަށްރަށުގައި ހިންގާ 190އަށް ވުރެ ގިނަ ފާމަސީތަކާއި އެ ތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުން އާ ކުންފުނީގެ ދަށަށް ބަދަލުވާނެ އެވެ.އެސްޓީއޯ ފާމަސީތައް ބޭސް ކުންފުނިދަށަށް ބަދަލުކުރަން ސަރުކާރުން ނިންމިއިރު ބޭސްފިހާރަތަކުން އަސާސީ ބޭސް ނުލިބޭ ކަމުގެ ކަންބޮޑުވުން ރައްޔިތުން އަންނަނީ ކުރަމުން ނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ