ދިރާގުން ކުރިއަށްގެންދާ 'އެންރޯލް އެންޑް ވިން 2 ސްޕީޑްބޯޓް' ޕްރޮމޯޝަނުން ދޭ ފުރަތަމަ ލޯންޗުގެ ނަސީބުވެރިޔާ ހޮވުމަށް ބާއްވާ ހަރަކާތުގައި މަޝްހޫރު ޑީޖޭ މީކާގެ ހުށަހެޅުންތަކެއް ފެނިގެންދާނެ އެވެ.
ވީ ކިހިނެއް؟ - މި ހަރަކާތް ބާއްވާނީ މި ހުކުރު ދުވަހުގެ ހަވީރު 4 އިން ފެށިގެން ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ.
މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތަކާ އެކު ކުރިއަށްގެންދާ މި ހަވީރުގެ އެންމެ ފޯރިގަދަ ވަގުތަކަށް ވެގެންދާނީ ދިރާގުން ހުށަހަޅާފައިވާ ފުރަތަމަ ލޯންޗުގެ ނަސީބުވެރިޔާ އިއުލާންކުރާ ވަގުތެވެ.
ތަފްސީލް - މި ހަރަކާތް ފަށާނީ ރާއްޖޭގެ ޒުވާން ފަންނާނެއް ކަމަށްވާ ޑީޖޭ މީކާގެ ފޯރިގަދަ ހުށަހެޅުމަކުންނެވެ. އެގޮތުން:
އުމުރުން އެންމެ 17 އަހަރުގެ މީކާއަކީ އޭނާގެ ހުނަރުވެރި މަސައްކަތްތަކުގެ ސަބަބުން ރާއްޖޭގެ މިއުޒިކީ ދާއިރާގައި މަގުބޫލުކަން ހޯދަމުން އަންނަ ފަންނާނެއް
ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025އާ ގުޅުވައިގެން ބޭއްވި 'ދިރާގު އެކްސް އައިސިކް' ޝޯގައި ވެސް ޑީޖޭ މީކާ ވަނީ އޭނާގެ މިއުޒިކީ ހުނަރާއި ފޯރިގަދަ ހުށަހެޅުންތައް ދައްކާލައި ގިނަ ބައެއްގެ ސަމާލުކަން ހޯދާފައި
އެނގުން މުހިންމު - 'އެންރޯލް އެންޑް ވިން 2 ސްޕީޑްބޯޓް' ޕްރޮމޯޝަނުގެ ދަށުން ހުށަހަޅާފައިވާ ފުރަތަމަ ލޯންޗު ހޯދުމުގެ ފުރުސަތު ނިމުނު ކަމުގައި ވިޔަސް، ދެވަނަ ލޯންޗު ކާމިޔާބު ކުރުމުގެ ފުރުސަތު އަންނަ މާޗުގެ ނިޔަލަށް ކަސްޓަމަރުންނަށް އަދިވެސް އެބައޮތެވެ.
ދިރާގުން ދޭ ފުރަތަމަ ލޯންޗުގެ ނަސީބުވެރިޔާ ހޮވުމުގެ ހަރަކާތުގައި ޑީޖޭ މީކާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ