ބީއެމްއެލްއިން އުމްރާވެރިންނަށް ފަސޭހައިން ޑޮލަރު ގަނެވޭނެ ގޮތް ހަދައިފި
މި ރަމަޟާން މަހު ޢުމްރާއަށް ދާ ޢުމްރާވެރިންނަށް ފަސޭހަކަމާއެކު ޑޮލަރު ގަތުމަށް ހާއްސަ އިންތިޒާމެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ހަމަޖައްސައިފި އެވެ.ބީއެމްއެލް އިން ބުނީ، އުމްރާވެރިންނަށް ޑޮލަރު ވިއްކުމުގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އަމީނީމަގުގައި ހުންނަ އެ ބޭންކުގެ ކަސްޓަމަރ ސަރވިސް ސެންޓަރުގެ ގްރައުންޑް ފްލޯ އިން ކަމަށެވެ. އަދި، މި ހިދުމަތް ލިބިގަތުމަށް ކަސްޓަމަރ ސަރވިސް ސެންޓަރުން ނަންބަރު ނެގޭނެ ކަމަށް ބޭންކުން ބުންޏެވެ.އުމްރާވެރިންނަށް ވީހާވެސް ފުރިހަމައަށް މި ހިދުމަތް ފޯރުކޮށްދިނުމަށް ބޭންކުން ބޭނުންވާ ހިނދު، ގިނަ ކަންތައްތަކަކަށް ކަސްޓަމަރުން ސަމާލުކަން ދިނުމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.މި ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ވަގުތުތައް:– ފެބްރުއަރީ 8 އިން 26 ގެ ނިޔަލަށް ބޭންކު ހުޅުވާ ދުވަސްތަކުގައި ހެނދުނު 9:30 އިން މެންދުރު 12:30 އަށް– ކޮންމެ އުމްރާވެރިއަކަށް ވެސް ގިނަވެގެން ވިއްކާނީ 500 ޑޮލަރު– ކޮންމެ އުމްރާވެރިއަކަށްވެސް ޖުމްލަ ފަސް އުމްރާވެރިންނަށް ޑޮލަރު ގަނެވޭނެ– ޑޮލަރު ގަތުމަށް ފައިސާ ދެއްކޭނީ ބީއެމްއެލް ޑެބިޓް ކާޑުންމީގެއިތުރުން ބޭންކުން ޑޮލަރު ވިއްކާނީ ޢުމްރާ ގްރޫޕްތަކުން ހުށަހަޅާފައިވާ ޢުމްރާވެރިންގެ ލިސްޓުގައި ހިމެނޭ ފަރާތްތަކަށެވެ. އަދި އެހެނިހެން ޢުމްރާވެރިންނަށް ޔޫއެސްޑީ ބުކިން ޕޯޓަލް މެދުވެރިކޮށް ޑޮލަރުގެ މުޢާމަލާތް ފުރިހަމަކޮށްގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޕާޗާ ހޯލުން ޑޮލަރު ނެގޭނެކަމަށްވެސް ބީއެމްއެލުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ