ރޭޕްގެ މައްސަލައިގައި، ދޮޅު އަހަރު ފިލައިގެން އުޅުނު އިޒާމް 15 އަހަރަށް ޖަލަށް

ރޭޕްގެ ތުހުމަތު ކުރެވުމާއެކު ފިލައިގެން އުޅުނު މީހެއްގެ މައްޗަށް ރޭޕްގެ ކުށް ސާބިތުވެ، 15 އަހަރަށް ޖަލަށްލާން ހުކުމްކޮށްފިއެވެ. ރޭޕްގެ ކުށް ސާބިތުވެ 15 އަހަރަށް ޖަލަށްލާން ހުކުމްކުރީ، އިޒާމް ޒާހިރު، 25، ސަބާހާ މަންޒިލް/ ގދ. ވާދޫ އެވެ. އިޒާމަކީ މިދިޔަ ދޮޅު އަހަރު ކޯޓަށް ހާޒިރުނުކުރެވިގެން ހުކުމް ނުކުރެވި އޮތް މީހެކެވެ. އޭނާ ފިލައިގެން އުޅުމަށް ފަހު ފުލުހުންނާ ހަވާލުވީ އަމިއްލައަށެވެ. ޖުލައި 2024އިން ފެށިގެން ފުލުހުންނަށް އޭނާ ނުހޯދިގެން އުޅެނިކޮށް ފުލުހުންނާ އޭނާ އަމިއްލައަށް ހަވާލުވީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އޭނާ ހޯދަން ނުވަ ފަހަރު ފުލުހުން ފޮޓޯވެސް އާއްމު ކުރިއެވެ. އޭނާގެ މައްޗަށް 15 އަހަރުގެ ޖަލު ހުކުމެއް އިއްވީ މިއަދުއެވެ. މި ފަދަ ކޭސްތަކަކީ އާއްމުކޮށް ހުޅުވައި ނުލާ ކުރިއަށްގެންދާ ކޭސްތަކެއްކަމުން މައްސަލައިގެ ތަފްސީލެއް ނުލިބެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ