ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ވައިގަދަވާނެ ކަމަށް ލަފާކޮށް އެ ސަރަހައްދަށް ހުދު ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ ތ އަތޮޅުން އައްޑު އަތޮޅަށެވެ. އެ ސަރަހައްދަށް ހުދު ސަމާލު ނެރުނީ، 10:00 އިން އިިން 16:00 އަށެވެ.
މެޓުން ބުނީ މި ވަގުތުތަކުގައި މި އަތޮޅުތަކުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހުމާއެކި ގުގުރުން އެކަށީގެންވާކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށްވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.
މިއަދުގެ އިރުއޮއްސި 6:00 އާ ހަމައަށް މޫސުން ލަފާކޮށް މެޓް އޮފީހުން ބުނީ، ދެކުނުގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެކަމަށާ ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާކަމަށެވެ. އަދި މެދުރާއްޖެ ތެރޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެކަމަށެވެ.
މީގެ އިތުރުން، ހުޅަނގުއުތުރާއި އުތުރުން މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި އެހެން ހިސާބުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށްވެސް ބުންޏެވެ.
45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ދެކުނަށް ހުދު ސަމާލު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ