އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި 56.6 ބިލިޔަން ރުފިޔާ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާ ބަޖެޓުގައި ތަފުސީލުތައް ހާމަކޮށްފައި ނެތް ކަމުގެ ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް މަޖިލިހުން ފާސް ކުރި މި ބިލް މިއަދު ފާސްކޮށްފައިވަނީ އެ ބިލަށް އިސްލާހެއް ގެނައުމަށް ފަހުގައެވެ.
މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް ބަޖެޓް ކޮމިޓީއިން ފާސްކޮށްފައި ރިޕޯޓަށް ގެނައި އިސްލާހުގައި ވިދާޅުވީ ރިޕޯޓްގެ ނުވަ ވަނަ ނަންބަރު 2025 ވަނަ އަހަރުގެ ބަޖެޓަށް ހުށަހަޅާ ޖެނެރަލް ރިކޮމަންޑޭޝަންސްތައް އުނިކުރުމަށް ހުށަހަޅާ ކަމަށެވެ. އެ ހުށަހެޅުމަށް ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ތާއީދު ކުރެއްވެވިއެވެ. އެ އިސްލާހަށް ވޯޓަށް އެހުމުން، 68 މެންބަރުންގެ ތާއިދާއެކު ވަނީ ފާސްކޮށްފައެވެ. އިސްލާހާ ދެކޮޅަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ.
މަޖިލީހުން ގެނައި އެ އިސްލާހާއެކު މިއަދު ބަޖެޓް ފާސްކޮށްފައިވަނީ 70 މެންބަރުންގެ ވޯޓާއެކު ގައެވެ. ނުފެންނަ ކަމަށް 11 މެންބަރު ވޯޓު ދެއްވިއެވެ.
ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ހުށަހަޅައިފައިވާ ބަޖެޓާ ގުޅޭ ގޮތުން އިދިކޮޅުން އެންމެ ބޮޑު ކަންބޮޑުވުމަކަށް ފާޅުކުރަނީ ވަކި މަޝްރޫއުތަކަށް ހިނގާނެ ފައިސާގެ އަދަދުތައް ހިމަނައިފައިނުވުމެވެ. އެހެންވެ، އެ ބަޖެޓު އަލުން ހުށަހަޅަން އެމްޑީޕީއާއި އެމްޑީއޭގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ވެސް ގޮވައިލައްވައިފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ އަންނަ އަހަރު ޚަރަދުގެ ގޮތުގައި ހިނގާނީ 49.2 ބިލިއަން ރުފިޔާ ކަމަށެވެ. އެއީ ރިކަރަންޓް ޚަރަދުގެ ގޮތުގައި 35.9 ބިލިއަން ރުފިޔާއާއި ކެޕިޓަލް ޚަރަދުގެ ގޮތުގައި 13.3 ބިލިއަން ރުފިޔާއެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް، ޕީއެސްއައިޕީއަށް ހިނގާނެ ކަމަށް ލަފާކޮށްފައިވަނީ 12.4 ބިލިޔަން ރުފިޔާއެވެ. އަދި ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކޮށްފައިވަނީ 39.7 ބިލިޔަން ރުފިޔާއެވެ. މީގެ އިތުރުން ޚަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކާއެކު 6.6 ބިލިޔަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް ލަފާކޮށްފައިވެއެވެ. އަދި އަހަރުގެ ތެރޭގައި ރިފޯމުތައް ތަންފީޒުކުރަންވެސް ހިމަނާފައިވެއެވެ. މި ޚަރަދުތަކުގެ އިތުރުން، ބަޖެޓުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ދައުލަތުގެ ދަރަނި އަދާކުރުމަށް ބޭނުންވާ 3.9 ބިލިއަން ރުފިޔާއާއި، ސަރުކާރު ކުންފުނިތަކަށް ކެޕިޓަލް ދޫކުރުމާއި އެހެނިހެން އިންވެސްޓްމަންޓްތައް ކުރުމަށް ހިނގާނެ 378 މިލިއަން ރުފިޔާއާއި، ސަރުކާރުން ލޯނު ދޫކުރުމަށް ކަނޑައަޅާފައިވާ 3.2 ބިލިއަން ރުފިޔާ ހިމަނާފައިވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ފަސް އިންސައްތަ އިންޓްރެސްޓުގައި ގެދޮރުވެރިކަމުގެ ލޯންދޫކުރުމަށް އެއް ބިލިއަން ރުފިޔާ އެ ބަޖެޓުގައި ހިމަނާފައިވާއިރު، އެ ފައިސާ ބޭނުންކޮށްގެން ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް މެދުވެގެން ދެ ބިލިއަން ރުފިޔާގެ ހައުސިން ލޯން ދެވޭނެ މަގު ވެސް ފަހިވެގެންދާނެ ކަމަށެވެ.
މި އަހަރަށް ފާސްކުރި 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓާ އެކު މި އަހަރުގެ ޖުމުލަ ބަޖެޓަކީ 55 ބިލިއަން ރުފިޔާއެވެ. އެހެންވެ، އަންނަ އަހަރަށް ލަފައިކުރަނީ މި އަހަރަށް ވުރެ 1.6 ބިލިއަނެއްހާ ރުފިޔާ ބޮޑު ބަޖެޓެކެވެ.
މޫދުގައި އަނިޔާވެފައި އޮއްވާ ފެނުނު މީހަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެނީ ދިވެހިންނަށް ވިސާއާ ނުލައި ތަޖިކިސްތާނަށް ދެވޭ ގޮތް ހަދައިފި މަޖިލީހުގެ މި ދައުރުގެ މުއްދަތު އިތުރުކުރަނީ ގާނޫނުއަސާސީގެ އިސްލާހު ބާތިލުކުރަން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ