އައްޑޫގެ ކަރަންޓު ހާލަތު ރަނގަޅު ކުރުމަށް ހިންގާ ޕްރޮޖެކްޓަށް އިތުރަށް ބޭނުންވާ ބިން ހަމަޖައްސުމާއި ގުޅޭ މަޝްވަރާތަކެއް މިއަދު ކުރިއަށް ގެންގޮސްފި އެވެ.
މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ އައްޑޫ ސިޓީ ކައުންސިލުން މިހާރު މާލެ އަށް ކުރަމުންދާ ދަތުރުގައި ފެނަކައިގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގަ އެވެ.
މި ބައްދަލުވުމަށްފަހު ފެނަކަ އިން ކުރި ޕޯސްޓެއްގައި ބުނީ މި ބައްދަލުވުމުގައި އައްޑޫގެ ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށް ހިންގާ ޕްރޮޖެކްޓުގެ މަޢުލޫމާތު ކައުންސިލާ ޙިއްޞާ ކުރުމުގެ އިތުރުން އެ ޕްރޮޖެކްޓަށް ބޭނުންވާ ބިން ހަމަޖެއްސުމާ ގުޅޭގޮތުން މަޝްވަރާކުރެވިފައިވާ ކަމަށެވެ.
އައްޑޫގެ ކަރަންޓް ހާލަތު ރަނގަޅު ކުރަން ފެނަކައިގެ މިހާރުގެ މެނޭޖްމަންޓުން ވަނީ ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފަ އެވެ. އެ މަސައްކަތް މި އަހަރުގެ އެޕްރީލް 18 ގައި ހަވާލުކުރީ ވަނީ ޗައިނާގެ ޑޮންފަންގް އިލެކްޓްރިކްއާ އެވެ. އެ ކުންފުންޏާ ހަވާލުކުރީ 32 މެގަވޮޓްގެ ޕަވާ ޕްލާންޓަކާއި ޑިސްޓްރިބިއުޝަން ސިސްޓަމް އަޕްގްރޭޑް ކުރުމަށެވެ.
މި މަޝްރޫ އަކީ ޑޮންފަންގް އިލެކްޓްރިކްއިން ފައިނޭންސްކުރާ މަޝްރޫއެކެވެ. އަދި ފެނަކައިން ފައިސާ ދައްކާ ނިންމަން ކަނޑައަޅާފައި ވަނީ 12 އަހަރެވެ. ފެނަކަ އިން ބުނީ މަޝްރޫއު ފޭސްތަކަކަށް ބަހާލައިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ އިރު، ފުރަތަމަ ފޭހުއި އިންސްޓޯލް ކުރާނީ 9.8 މެގަވޮޓްގެ ގެ ދެ ޖެނަރޭޓަރު ސެޓާއި 5.8 މެގަވޮޓްގެ ގެ ދެ ޖެން ސެޓް ކަމަށެވެ.
އައްޑޫ ކަރަންޓް މަޝްރޫއަށް އިތުރަށް ބޭނުންވާ ބިން ހަމަޖައްސަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ