ގެއްލުމުގެ ބަދަލުގެ ގޮތުގައި މިއަހަރުގެ މިހާ ހިސާބަށް 113 މިލިއަން ރުފިޔާ ދޫކޮށްފި

މިއަހަރުގެ މިހާތަނަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 113 މިލިއަން ރުފިޔާ ދޫކޮށްފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބްތަކުން ދައްކައިފިއެވެ.
މިކަން ހާމަވަނީ ފިނޭންސް މިނިސްޓްރީއިން މިދިޔަ އޭޕްރީލް މަހުގެ 25 ވަނަ ދުވަހު އާންމުކޮށްފައިވާ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުންނެވެ. ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތާ ހަމައަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޫކުރީ 100 މިލިއަން ރުފިޔާއެވެ.
މި ފައިސާއާއި ގުޅޭ ޖުމްލަ މައުލޫމާތު ހިއްސާ ކުރެއްވި ނަމަވެސް، ބަދަލުގެ ގޮތުގައި ފައިސާ ދިނީ ކޮން ބަޔަކަށްކަން މިނިސްޓްރީއިން ހާމައެއް ނުކުރެއެވެ.
މިއަހަރަށް ފާސްކުރި ބަޖެޓުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވަނީ 101 މިލިއަން ރުފިޔާކަމަށް ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކައެވެ. މީގެ ކުރިން ފިނޭންސް މިނިސްޓްރީއިން ބުނި ގޮތުގައި އެއީ އާބިޓްރޭޝަނަކަށް ދިނުމަށް ހަމަޖެހިފައިވާ ފައިސާއެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވެރިކަމަށްފަހު ގެއްލުމުގެ ބަދަލު ނަގައިދިނުމަށް މިދިޔަ ސަރުކާރުން އުފައްދާފައިވާ ސެޓްލްމަންޓް ކޮމިޓީ ވަނީ އުވާލާފައެވެ. އެ ކޮމިޓީން ބެލި މައްސަލަތައް، ބަންޑާރަނައިބުގެ ލަފާއާއިއެކު އަލުން މުރާޖައާ ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ