އެސްއެމްއީ ލޯނުތައް މައާފުކޮށްދިނުމަށް ގާސިމް ވައުދުވެއްޖެ

ވިޔަފާރިތަކަށް މާލީ އެހީތެރިކަން ދިނުމުގެ ގޮތުން ދޫކޮށްފައިވާ ސްމޯލް އެންޑް މީޑިއަމް އެންޓަޕްރައިޒަސް ލޯނުތައް (އެސްއެމްއީ ލޯނުތައް) މައާފުކޮށްދެއްވުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެނޑިޑޭޓު ގާސިމް އިބްރާހީމް ވައުދުވެވަޑައިގެންފިއެވެ.
ގާސިމް ވިދާޅުވި ގޮތުގައި ލޯނު ދިނުމަކީ ކުރިންސުރެ ރޭވިގެން ރައްޔިތުން އަޅުވެތިކުރުމަށް ސަރުކާރުން ރައްޔިތުންނަށް މަޖުބޫރުކޮށްގެން ކުރަމުން އަންނަކަމެއްކަމަށެވެ. އެހެންކަމުން އޭނާވަނީ ސްޓޫޑަންޓް ލޯނާއި ހިޔާ ފްލެޓްތަކުގެ ކުލި މައާފުކޮށްދެއްވުމަށްވެސް ވައުދުވެވަޑައިގެންފައެވެ.
ސަރުކާރުން އެސްއެމްއީ ލޯނު ދޫކުރަމުން އަންނަ ގޮތަށް ގާސިމް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ލޯނުތައް ދޫކުރަނީ ވޯޓުގެ ބޭނުމުގައިކަމަށް ފާހަގަކޮށް، ގާސިމް ވިދާޅުވީ ލޯނުތައް ދޫކުރަނީ ސިޔާސީ އެޖެންޑާއެއް ހާސިލްކުރުމަށް އެއްވެސް ހަމައެއް ލަމައެއް ނެތިކަމަށެވެ.
ގާސިމް ވިދާޅުވިއެވެ.
ބައެއް ފަރާތްތަކަށް ލޯނުދޭއިރު އެގްރީމެންޓް ހެދި ނަމަވެސް އަނެއް ބައި ފަރާތްތަކާއިއެކު އެގްރީމެންޓް ނަހަދާކަމަށް ފާހަގަކޮށް، ގާސިމް ވައުދުވެވަޑައިގެންނެވީ ވެރިކަމަށް އާދެވިއްޖެނަމަ އެސްއެމްއީ ލޯނުތައް މައާފުކޮށްދެއްވުމަށެވެ.
ގާސިމް ވިދާޅުވިއެވެ.
މީގެ އިތުރުން ގާސިމް ވަނީ ގައުމުގެ މިނިވަންކަން ގެއްލެމުންދާކަމަށާއި، ރާއްޖެއަށް އެހެން ގައުމުތަކުން އަތްގަދަކުރާކަމަށް ފާހަގަކޮށްވެސް ވާހަކަދައްކަވާފައެވެ.
ގާސިމް ވިދާޅުވީ އޭނާގެ ވެރިކަމުގައި ރާއްޖޭގެ ކޮންމެ ރަށަކަށްވެސް ފަސް ވައުދެއް ފުއްދަވައިދެއްވާނެކަމަށެވެ. ވައުދުތަކުގެ ތެރޭގައި ނުކުރެވޭ ވަރުގެ ހުށައެޅުންތައް ހިމެނޭނަމަ، އޭގެ ބަދަލުގައި ރައްޔިތުން ބޭނުން ޖެހިފައި ހުރި އެހެން ކަންކަން ކޮށްދެއްވާނެކަމަށް ގާސިމް ވިދާޅުވިއެވެ. އަދި ވެރިކަމުގެ 5 އަހަރުގެ ދައުރުގެ ތެރޭގައި ކޮންމެ ރަށަކަށްވެސް ފަސްކަމެއް ކޮށްދެއްވާނެކަމުގެ ޔަގީންކަން ގާސިމް އަންނަނީ ދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ