ގާސިމް ކެމްޕެއިންގައި ހދ އަށް: ބޮޑު ޖަލްސާ މިރޭ ކުޅުދުއްފުށީގައި!

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ގާސިމް އިބްރާހީމް ކެމްޕެއިނަށް ހދ އަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ބޮޑު ޖަލްސާ މިރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މިއީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި އަތޮޅު ތެރެއަށް ގާސިމް ކުރައްވާ ފުރަތަމަ ދަތުރެވެ. އެމަނިކުފާނުގެ ކެމްޕެއިން ރަސްމީކޮށް ފެއްޓެވީ އދ މާމިގިލިންނެވެ.
އެއަށްފަހު ހދ އަށް ކުރައްވާ މި ދަތުރުފުޅުގައި ގާސިމް ފުރަތަމަ ވަައިގެންނެވީ މަކުނުދޫއަށެވެ. މަކުނުދޫގެ ރައްޔިތުންގެ ފަރާތުން ގާސިމްއަށް ހޫނު މަރުހަބާއެއް ކިޔާފައިވާއިރު، ގާސިމް ވަނީ މިއަދު ނޮޅިވަރަން އަދި ނޮޅިވަރަން ފަރުގެ އިތުރުން ހަނިމާދޫއަށްވެސް ވަޑައިގެންފައެވެ.
މި ރަށްތަކުން ގާސިމްއަށް މަރުހަބާ ދެންނެވުމަށް ގިނަ އަދަދެއްގެ ރައްޔިތުން ނިކުމެވަޑައިގެންފާއިރު، ގާސިމް ވަނީ ރަށްތަކަށް ހާއްސަކޮށް ބައެއް ވައުދުތައްވެސްވެވަޑައިގެންފައެވެ.
އެގޮތުން ރަށްތަކުގެ ބަނދަރު ތަރައްގީ ކޮދެއްވާނެކަމަށާއި، މަގުތައް ހަދާ، ރާއްޖޭގެ ހުރިހާ ސުކޫލެއްގެ ކިޔެވުން އެއް ދަން ފަޅިއަކަށް ބަދަލު ކުރައްވާނެކަމަށް ވައުދުވެވަޑައިގެންނެވިއެވެ.
ހދ އަތޮޅުގެ ފަހު މަންޒިލުގެ ގޮތުގައި ހަމަޖެހިފައިވާ ހދ ކުޅުދުއްފުށީގައި ޖުމްހޫރީ ޕާޓީގެ ބޮޑު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި ޖަލްސާގައި އެމަނިކުފާނުގެ ސިޔާސަތުތަކާއި ގުޅޭ ގޮތުން ތަފްސީލީ ގޮތެއްގައި ވާހަކަދައްކަވާނެކަމަށް ގާސިމް އިބްޜާހީމް ވިދާޅުވިއެވެ.
ގާސިމްގެ ކެމްޕެއިނާއި ގުޅިގެން އިތުރު މައުލޫމާތު ހިއްސާކުރައްވަމުން ޕާޓީގެ ތަރުޖަމާނު އަލީ ސާލިހު ވިދާޅުވީ، ގާސިމްގެ ކެމްޕެއިންގައި ކުރިއަށް ހުރި ދުވަސްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވަޑައިގަންނަވާނެކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ