ޗައިނާގައި ރާއްޖޭގެ ހޮޓާތަކާ ބެހޭ މައުލޫމާތު ހޯދާ ވަރު 2 ގުނަ އިތުރުވެއްޖެ

ޗައިނާގެ ރައްޔިތުންނަށް ރާއްޖެ ދަތުރުކުރުމުގައި ލިބިފައިވާ ލުޔާ އެކު އެ ގައުމުގެ ޓްރެވަލް ޕްލެޓްފޯމުތަކުގައި ރާއްޖެއާ ގުޅޭ ގޮތުން ސާޗު ކުރާ މިންވަރު ދެ ގުނަ އިތުރުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޗައިނާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން، ރާއްޖެ އާއި ޗައިނާއާ ދެމެދު މިދިޔަ އަހަރު ސޮއިކުރި ވިސާގެ އެއްބަސްވުމުގެ ދަށުން ދިވެހިންނަށް ވެސް ވިސާއާ ނުލާ ޗައިނާއަށް ދެވޭ ގޮތަށް އިއްޔެ އަމަލު ކުރަން ފެށުމާ އެކު، ރާއްޖެ އަންނަން ބޭނުންވެގެން އެ ގައުމުގެ ރައްޔިތުން މައުލޫމާތު ހޯދާ މިންވަރު އިތުރުވެފައިވާކަން ވަނީ ފާހަގަކުރެވިފަ އެވެ.
އިތުރަށް ކިޔާލަން - ދިވެހިންނަށް ވިސާއާ ނުލާ މިހާރު ޗައިނާއަށް ދެވޭނެ
ތަފްސީލް - ގްލޯބަލް ޓައިމްސް އިން ރިޕޯޓުކޮށްފައިވާ ގޮތުން، މި އެއްބަސްވުމަށް އިއްޔެ އަމަލު ކުރަން ފެށުމާ އެކު:
ޗައިނާގެ ޓްރެވަލް ޕްލެޓްފޯމުތަކުގައި ރާއްޖޭގެ ހޮޓާތައް ސާޗުކުރާ މިންވަރު ވަނީ %126 އިތުރުވެފައި
މާލެ ސަރަހައްދުގެ ހޮޓާތައް ސާޗުކުރާ އަދަދު ވަނީ ތިން ގުނަ އިތުރުވެފައި
އެނގުން މުހިންމު - ކޮވިޑުގެ ކުރިން އެއް ގައުމަކުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާ އިންނެވެ. ކޮވިޑަށް ފަހު ޗައިނާގެ ފަތުރުވެރިންނަށް ގައުމުން ބޭރަށް ދަތުރުކުރުމުގައި ދިން ލުޔާ އެކު މިދިޔަ މަހުގެ ފަހުކޮޅު ޗައިނާގެ ފަތުރުވެރިން ރާއްޖެ އަަންނަން ފަށާފައި ވާއިރު، ޗައިނާ މިހާރު ހިމެނެނީ އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން އަންނަ 10 ގައުމުގެ ތެރޭގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ