މަންޓާ އެއާ އިން ސްކޫލް ބަންދާ ދިމާކޮށް ކުޅުދުއްފުއްޓަށް އުދުހެނީ

ކުރިއަށް އޮތް ސްކޫލް ބަންދާ ދިމާކޮށް، މަންޓާ އެއާގެ ޗާޓަރު ދަތުރުތަކެއް ހދ. ކުޅުދުއްފުއްޓަށް ކުރަން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - މި މަހުގެ ފަހުކޮޅުން ފެށިގެން އަންނަ މަހުގެ ކުރީކޮޅާ ޖެހެންދެން ސްކޫލްތައް ބަންދުވާއިރު، މަންޓާ އެއާ އިން ނިންމާފައި ވަނީ އެ ދުވަސްވަރު، ރާއްޖޭގެ އުތުރުގެ އެންމެ އާބާދީ ބޮޑު ރަށަށް ހާއްސަ ދަތުރުތަކެއް ކުރުމަށެވެ.
ތަފްސީލް - މަންޓާ އެއާ އިން ކުޅުދުއްފުއްޓަށް އުދުހޭނީ:
މި މަހުގެ 22ގައި ދަތުރެއް
މި މަހުގެ 25ގައި ދަތުރެއް
އަންނަ މަހުގެ 4ގައި ދަތުރެއް
އަންނަ މަހުގެ 7ގައި ދަތުރެއް
މަންޓާ އެއާގެ ވެބްސައިޓް މެދުވެރިކޮށް މިހާރު މި ދަތުރުތަކަށް ވެސް ޓިކެޓް ގަނެވޭނެ އެވެ.
ގުޅުން ހުރި ކަމެއް - މަންޓާ އެއާ އިން މިފަދަ ހާއްސަ ދުވަސްތަކާ ދިމާކޮށް ދޭތެރެ ދޭތެރެއިން ޗާޓަރު ދަތުރުތައް ކުރެ އެވެ. އެގޮތުން، މިދިޔަ އޮކްޓޯބަރު މަހު ވަނީ ހއ. ހޯރަފުއްޓަށް ވެސް ހާއްސަ ދަތުރުތަކެއް ބާއްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ