ނޮވެލްޓީ ބުކްޝޮޕް އާއި މޫލީގެ "ބެކް ޓު ސްކޫލް" ކެންޕެއިން ފަށައިފި

ރާއްޖޭގެ އެންމެ ބޮޑު އޮންލައިން މާކެޓް ޕްލޭސް ކަމަށްވާ މޫލީއިން ބެކް ޓު ސްކޫލް ކެމްޕެއިން ޖެހިޖެހިގެން ދެވަނަ އަހަރަށް ލޯންޗުކޮށްފިއެވެ.
އުރީދޫއިން ބުނީ، ނޮވެލްޓީ ބުކްޝޮޕާއިއެކު ކުރިޔަށް ގެންދާ މި ކެމްޕެއިނަށް މިދިޔަ އަހަރު ލިބުނު ތަރުހީބާ ތަޖުރިބާއާއި އެކު، މި އަހަރުވެސް ސްކޫލާށް ބޭނުންވާ ފޮތްތަކާއި އެހެނިހެން ޒަރޫރީ ތަކެތި ފަސޭހަކަމާއެކު ހޯދުމުގެ ފުރުސަތުގެ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ލިބިގެންދާނެ ކަމަށެވެ.
އަންނަ ދިރާސީ އަހަރަށް ބޭނުންވާ ޒަރޫރީ ސާމާނާއި ސްކޫލްފޮތްތައް ލިބުމުގައި އާއިލާތަކަށް ދިމާވާ ގޮންޖެހުންތައް ދެނެގަނެ، މޫލީގެ މައިގަނޑު އޮފަރއަކަށް ބަދަލެއް ނާދެއެވެ.
މި ޙިދުމަތުގެ ސަބަބުން މާލެއަށް ކުރަންޖެހޭ ދަތުރުފަތުރުގެ އަގުބޮޑު ޚަރަދާއި، ފިހާރަތަކުގައި ކިޔުގައި ތިބުމާއި، ބަރު ކޮތަޅުތައް އުފުލުމުގެ ބުރަ ނައްތާލެވިގެން ކަމަށް އުރީދޫއިން ބުނެއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކިޔަވާ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ސްކޫލަށް ބޭނުންވާ ސާމާނު އިތުރު ޚަރަދެއް ނުވަތަ ދަތިކަމެއް ނެތި ފަސޭހަކަމާއެކު އޮންލައިންކޮށް އޯޑަރ ކޮށްލެވޭއެވެ.
މޫލީ މެދުވެރިކޮށް ފޮތްލިސްޓް ބައްލަވައިގަތުމަށް މޫލީ ވެބްސައިޓްގެ ބުކްސް އެންޑް ސްޓޭޝަނަރީ ކެޓަގަރީގެ ދަށުން ސްކޫލަށް ބޭނުންވާ ސާމާނު ފެނިގެންދާއިރު، ޗެކް-އައުޓް ކުރާއިރު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދޭ ވައުޗަރ ކޯޑާއި އައިޑީ ކާޑު ނަމްބަރު ސްޕެޝަލް އިންސްޓްރަކްޝަންސް ގޮޅީގައި ޖަހަންޖެހޭނެއެވެ. އޯޑަރުކުރާ ތަކެތި ޑެލިވަރ ކުރުމުން، އެފޮތްލިސްޓް އޯޑަރުކުރުމަށް ބޭނުންކޮށްފައިވާ ވައުޗަރު، ޑެލިވަރ ކުރާ ފަރާތާ ހަވާލުކުރަންޖެހޭނެއެވެ.
ކާޓަށް އެޑް ކުރުމަށްފައި އޯޑަރ ކަށަވަރުކުރައްވާ މި ހާއްސަ އޮފާގެ ބޭނުން ހިފުމަށް ކަސްޓަމަރުންނަށް މޫލީގެ ވެބްސައިޓަށް ޒިޔާރަތްކޮށް ހިލޭ ހޯމް ޑެލިވަރީއަށް އޯޑަރު ދެވޭނެއެވެ.
ޖެހިޖެހިގެން ދެވަނަ އަހަރަށް މޫލީގެ ބެކް ޓު ސްކޫލް ކެމްޕޭން މިއަދު ފެށުނު އިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުޅޭ ދަރިވަރުންނާއި ބެލެނިވެރިންނަށް ދިރާސީ އައު އަހަރުގެ ސްކޫލް ފޮތްތަކާއި ޒަރޫރީ ތަކެތި ގޭދޮށަށް ލިބިގެންދާނެ ކަމަށް އުރީދޫއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ