އެޗްއާރުސީއެމްގެ މެމްބަރުކަމަށް ރަމީލާ އައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެންބަރުކަމުގެ މަގާމަށް ގ.އާބިން، ޑރ. އައިޝަތު ރަމީލާ އައްޔަންކުރައްވައިފިއެވެ.އެޗްއާރުސީއެމްގެ މެންބަރު ކަމަށް ރަމީލާ އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ އޮކްޓޯބަރު މަހު އެވެ. ރަމީލާ މިއަދު ވަނީ މަގާމުގެ ހުވާކުރައްވާ ހުވާގެ އިގުރާރުގައި މިއަދު ސޮއިކުރައްވައިފަ އެވެ. އަދި ރައީސް މުއިއްޒު މިއަދު ވަނީ މަގާމުގެ ލިޔުން އޭނާ އާ ހަވާލުކުރައްވައިފަ އެވެ.މި ސަރުކާރު ފެށުނު ދުވަހުން ފެށިގެން އެގްރިކަލްޗާ މިނިސްޓަރުކަމުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިސްތިއުފާދެއްވީ، ކެންސަރު ބައްޔަށް ފަރުވާ ހޯއްދެއްވުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ