އެއާޕޯޓުން ޑޮލަރު ފޭރުނު މައްސަލައިގައި އިތުރު 3 މީހަކު ހައްޔަރުކޮށްފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޑޮލަރު ފޭރުނު މައްސަލައިގައި އިތުރު ބަޔަކު ހައްޔަރުކޮށް، ހަތަރު މީހަކު ފުރުން މަނާކޮށްފި އެވެ.މި ފޭރުމުގައި މީގެ ކުރިން ހަތަރު މީހަކު ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވެ އެވެ. ފަހުން ހައްޔަރު ކުރި ތިން މީހުންނާ އެކު މިހާރު ހައްޔަރުގައި ތިބި ޖުމްލަ މީހުންގެ އަދަދަކީ ހަތް މީހުންނެވެ.މޫނު ނިވާކޮށްގެން ތިބި ބަޔަކު ވީއައިއޭ ތެރޭން މި ޑޮލަރުތައް ފޭރިގެންފައި ވަނީ މިދިޔަ މަހު 27ގަ އެވެ. ފުރަތަމަ ހައްޔަރު ކުރި ހަތަރު މީހުން ހައްޔަރު ކުރީ ހަމަ އެ ދުވަހު ކ. ހުރާއިންނެވެ.ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭ ފަތިހު ހިންގި ފޭރުމުގެ އަމަލާ ގުޅިގެން އިތުރު ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ؛- އަބްދުލްއައްވަލް އިބްރާހިމް އަބޫބަކުރު، 27، ގއ. ވިލިނގިލި، ބިނާ- އަހުމަދު މާހިދު، 44، ތ. ވިލުފުށި، އެހީވާގެ- އަލީ އަފްޒަލް، 21، ސ. ހިތަދޫ، ވަށަގުލިމާގެއޭގެ ތެރެއިން އަބްދުލްއައްވަލް ހައްޔަރުކުރީ މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު އެވެ. މާހިދު ހައްޔަރުކުރީ މިދިޔަ އަންގާރަ ދުވަހު އެވެ. އަދި އަފްޒަލް ހައްޔަރުކުރީ މިދިޔަ ބުދަ ދުވަހު އެވެ.އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން، ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ. އަފްޒަލްގެ ބަންދަށް ފުރަތަމަ ދިނީ ތިން ދުވަހެވެ. އެ މުއްދަތު ހަމަވުމުން ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.މިކަން ހިނގިތާ މިހާރު ދެ ހަފްތާއަށްވުރެ ގިނަ ދުވަސްވީއިރު، އަދިވެސް ފޭރުނު ޑޮލަރު ފެނިފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ