ސިނގިރޭޓް ކޮންޓެއިނާ މައްސަލާގައި ހައްޔަރުކުރި މީހުންގެ ފޮޓޯ އާއްމުކޮށްފި

ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނާ ސިނގިރޭޓް ވަގަށް ނެގި މައްސަލައިގައި އެންމެފަހުން ހައްޔަރުކުރި މީހުންގެ ފޮޓޯ އާއްމުކޮށްފިއެވެ.
މި އަހަރުގެ އޭޕްރީލް މަހުގެ 26 ވަނަ ދުވަހު މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހުޅުމާލޭގެ ޕޯޓުގައި ހިފެހެއްޓި 40 ފޫޓުގެ ދެ ކޮންޓެއިނަރު ސިނގިރޭޓު ގެއްލުނު މައްސަލާގައި ޝާމިލްވާ މީހުންގެ ތެރެއިން ފުލުހުން މިއަދު ފޮޓޯ އާއްމުކުރި ތިން މީހުންނަކީ ނޫރަލީގެ / ހދ.ވައިކަރަދޫ، އަޙްމަދު ޝަހީމް (42އ) އާއި ޗާނދަނީގެ / ސ.ހިތަދޫ، ޙުސައިން ސާމިޙު (35އ) އާއި ހ. ރުމޭނިޔާ / މާލެ، އަޙްމަދު ފިރުސާން (35އ) އެވެ.
ފުލުހުން މިމީހުން ހައްޔަރުކޮށްފައިވަނީ، މިދިޔަ ހުކުރުދުުވަހު އެވެ.
ދެ ކޮންޓެއިނާ ސިނގިރޭޓް ވަގަށް ނެގި މައްސަލައިގައި ކޯޓުން ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި، ދޯނީގެ ކެޕްޓަން ކެނެރީގެ / ނ.މިލަދޫ، އާދަމް ވަޙީދު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ