ދައުރު ހަމަ ކުރުމަށްފަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ޗީފް ފައިނޭޝަލް އޮފިސަރު، ނަންދަނަ ސެނެވިރަތުނެ މަގާމުން ވަކިވެއްޖެއެވެ.
ނަންދަނައަކީ ބޭންކުގެ ސީނިއާ މެނޭޖުމަންޓުގައި ތިބި ބިދޭސީންގެ ތެރެއިން އެންމެ ދުވަސްވީ މުވައްޒަފެވެ. އޭނާ ބޭންކުގައި މަސައްކަތް ކުރާތާ 11 އަހަރަށް ވުރެ ގިނަ ދުވަސް ވވަނީ ވެފައެވެ.
ބީއެމްއެލްއިން ވަނީ ނަންދަނަ ކޮށްދެއްވި ހިދުމަތް ފާހަގަކޮށް ބީއެމްއެލްގެ ބޯޑް ޑިރެކްޓަރުންނާއި މެނޭޖްމެންޓާއި މުވައްޒަފުން ޝުކުރުއަދާކޮށްފައެވެ. އަދި އެ ބޭންކުގެ ފައިނޭންސްގެ ޑިވިޝަނަށް ނަންދަނަ ގެނެސްދެއްވި ބޮޑެތި ފަހި ބަދަލުތަކަށް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު ވެސް ވަނީ ޝުކުރު އަދާކޮށްފައެވެ.
ބީއެމްއެލް އިން ވަނީ ފައިނޭންސް ޑިވިޝަނުގައި މިހާރު ވެސް ހަތަރު ޗާޓަޑް އެކައުންޓުން މަސައްކަތް ކުރާ ކަމަށް ބުނެފައެވެ. އަދި ބޭންކުގެ އޮޑިޓް ޑިޕާޓްމަންޓްގައި ދެ ޗާޓަޑް އެކައުންޓަންޓުން ވަޒީފާގައި އެބަތިބި ކަމަށް ވެސް އެ ބޭންކުން ވަނީ މައުލޫމާތު ދީފައެވެ.
ބީއެމްއެލްގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް ބީއެމްއެލްގެ ސީނިއާ މެނޭޖުމަންޓަށް މިދިޔަ އަހަރު ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.
ދައުރު ހަމަވުމުން ބީއެމްއެލްގެ ސީއެފްއޯ، ނަންދަނަ މަގާމުން ވަކިވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ