ޑިޒްނީގެ ޝަހުސިއްޔަތުތައް ޗެޓްޖީޕީޓީއަށް ގެނައުމަށް އެއް ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ޑިޒްނީގެ ޝަހުސިއްޔަތުތައް ޗެޓްޖީޕީޓީއަށް ގެނައުމަށް އެއް ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް

އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާގައި އެންމެ ނަގާކިޔާ ކުންފުނި، އޯޕަންއޭއައި އިން ދުނިޔޭގެ މުނިފޫހިފިލުވުމުގެ ސިނާއަތުގެ އެންމެ ބޮޑު ކުންފުނި ކަމަށްވާ ޑިޒްނީއާއެކު އެއް ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމަކީ ޑިޒްނީގެ މުއްސަނދި ކޮންޓެންޓް ލައިބްރަރީ އާއި އޯޕަންއޭއައިގެ ޒަމާނީ ޓެކްނޮލޮޖީ ގުޅުވާލުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މި އެއްބަސްވުމުގެ ދަށުން، ޗެޓްޖީޕީޓީ ޕްލެޓްފޯމަށް ޑިޒްނީގެ ޝަހުސިއްޔަތުތައް ނުވަތަ ކެރެކްޓަރުން ތައާރަފު ކުރެވޭނެ އެވެ.
އޭގެ ސަބަބުން އެންމެ ގަޔާވާ ޑިޒްނީގެ ކެރެކްޓަރުންނާ މުއާމަލާތްކޮށް، އެ ކެރެކްޓަރުންގެ ސްޓައިލުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ފަހިވާނެ އެވެ. މިއީ ހަމައެކަނި ލިޔުމުން މުއާމަލާތްކުރުމުގެ ބަދަލުގައި، އޯޑިއޯ އަދި ވީޑިއޯ މެދުވެރިކޮށް ވެސް ތަޖުރިބާ ކުރެވިދާނެ ކަމެއް ކަމަށް ބެލެވެއެވެ.
މި އެއްބަސްވުމުގެ ސަބަބުން ކޮޕީރައިޓް މައްސަލަތަކުން ރައްކާތެރިވެ، ގާނޫނީ އިމުގެ ތެރެއިން ޑިޒްނީގެ އުފެއްދުންތައް އޭއައި ތަމްރީނުކުރުމަށާއި ބޭނުންކުރުމަށް އޯޕަންއޭއައިއަށް މަގުފަހިވެގެންދާނެއެވެ.
މި އެއްބަސްވުމުގެ ސަބަބުން މުސްތަގުބަލުގައި ވާހަކަ ކިޔައިދިނުމާއި، ކުޑަކުދިންގެ ތައުލީމާއި، އަދި މުނިފޫހިފިލުވުމުގެ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެ އެވެ. އަދި މިއީ ސިނަމާތަކާއި ޓީވީ ސްކްރީންތަކުން ފެންނަ ކެރެކްޓަރުން، އާންމު ދިރިއުޅުމުގެ ޑިޖިޓަލް އެކުވެރިންނަށް ބަދަލުވުމުގެ ފެށުން ކަމަށް ވެސް ވެދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ