އަލްޖިއާސް، އަލްޖީރިއާ (އޮކްޓޫބަރު 10) - އެފްރިކާގެ ގަދަބާރު އަލްޖީރިއާ އިން 10 އަހަރު ފަހުން ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް، ފީފާ ވޯލްޑް ކަޕުން ޖާގަ ހޯދައިފި އެވެ.
އަލްޖީރިއާ އިން ވޯލްޑް ކަޕްގެ ޖާގަ ޔަގީންކުރީ ކޮލިފައިން ގްރޫޕް ޖީގައި ރޭ ކުޅުނު މެޗުގައި ރަށުންބޭރުގައި ސޯމާލިއާ އަތުން 3-0 އިން މޮޅުވެގެންނެވެ. މި މެޗުގައި އަލްޖީރިއާގެ ލަނޑުތައް ޖެހީ، މުހައްމަދު އަމައުރާ ދެ ގޯލާއި ރިޔާދު މާރޭޒް ގޯލެކެވެ. އަމައުުރާ ޖެހި އެއް ގޯލަށް ފުުރުސަތު ހޯދައިދިނީ މާރޭޒް އެވެ.
ދުނިޔޭގެ ފުޓްބޯޅައިގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ، ފްރާންސްގެ ޒިނެދިން ޒިދާންގެ ދަރިފުޅު، ލޫކާ ޒިދާން، އަލްޖީރިއާ ގައުމީ ޓީމަށް ކުޅުމުގެ ހުއްދަ ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ، ފީފާ އިން މިދިޔަ މަހު ދިންއިރު، ރޭގެ މެޗުގައި އޭނާ އިނީ އަލްޖީރިއާ ބެންޗުގަ އެވެ.
އެމެރިކާ އާއި މެކްސިކޯ އަދި ކެނަޑާގައި އަންނަ އަހަރު ބާއްވާ ވޯލްޑް ކަޕުން އަލްޖީރިއާ ފުރުސަތު ހޯދިއިރު، އެ ޓީމަކީ އެކަން ހާސިލްކުރި އެފްރިކާގެ ހަތަރު ވަނަ ގައުމެވެ. މީގެ ކުރިން އެފްރިކާ އިން އަންނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވީ، މޮރޮކޯ، ޓިއުނީޝިއާ އަދި މިސްރު އެވެ.
އަލްޖީރިއާ އިން އެންމެ ފަހުން ވޯލްޑް ކަޕް ކުޅުނީ 2014 ވަނަ އަހަރު ބްރެޒިލްގަ އެވެ. އެ ފަހަރުގެ މުބާރާތުގެ ގަދަ 16 އިން އަލްޖީރިއާ ކެޓީ، އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޖަރުމަނު އަތުން ބަލިވުމުންނެވެ.
10 އަހަރު ފަހުން އަލްޖީރިއާ ފީފާ ވޯލްޑް ކަޕް އަށް 10 އަހަރު ފަހުން އަލްޖީރިއާ ފީފާ ވޯލްޑް ކަޕް އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ