ޤިބްލަ ޙައްޖު އެންޑް ޢުމްރާއިން، ޢުމްރާއަށްދާން ރަޖިސްޓްރީކުރާ ގްރޫޕްތަކަށް ޚާއްސަ ޑިސްކައުންޓެއް
ޤިބްލަ ޙައްޖު އެންޑް ޢުމްރާ ގްރޫޕުން އަންނަ އަހަރު ޢުމްރާއަށް ދާން ރަޖިސްޓްރީކުރާ، ގިނަ މީހުން ހިމެނޭ ގުރޫޕުތަކަށް ޚާއްސަ ޑިސްކައުންޓެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ. އަންނަ އަހަރުގެ ޢުމްރާ ދަތުރުތަކަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިހާރު އެ ކުންފުނިން ވަނީ ހުޅުވާލާފައެވެ. ރަމަޟާން މަސް ހިމެނޭހެން އަންނަ އަހަރު ހަ މަހެއްގައި ޢުމްރާ ދަތުރުތައް ބޭއްވުމަށް ޤިބްލަ ޙައްޖު އެންޑް ޢުމްރާއިން ވަނީ ނިންމާފައެވެ. އެއީ: * ޖަނަވަރީ ދަތުރު: ޖަނަވަރީ ނުވައަކުން 23 ޖަނަވަރީއަށް * ރަމަޟާން މަހުގެ ކުރިން އޮންނަ ދަތުރު: 13 ފެބްރުއަރީން 27 ފެބްރުއަރީއަށް * މުޅި ރަމަޟާން ދަތުރު: 18 ފެބްރުއަރީއިން 27 މާޗްއަށް * ރަމަޟާން މަހުގެ ފަހު 15 ދަތުރު: މާޗް ތިނަކުން 27 މާޗްއަށް * ޖުލައި ދަތުރު: 17 ޖުލައިއިން 31 ޖުލައިއަށް * ސެޕްޓެމްބަރު ދަތުރު: 11 ސެޕްޓެމްބަރުން 25 ސެޕްޓެމްބަރަށް * ޑިސެންބަރު ދަތުރު: 18 ޑިސެންބަރުން އެކެއް ޖަނަވަރީއަށް އެ ކުންފުނިން ބުނީ ޢުމްރާ ދަތުރުތަކުގައި ރަޖިސްޓްރީކުރާ ގްރޫޕްތަކަށް ވަރަށް ޚާއްސަ ޑިސްކައުންޓްތަކެއް އެ ކުންފުނިން ދެމުން އަންނަ ކަމަށެވެ. މި ޑިސްކައުންޓްތައް އަންނަ އަހަރު އެ ގްރޫޕްގެ ފަރާތުން ކުރާ ހުރިހާ ދަތުރުތަކަކުންވެސް ލިބޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. ޤިބްލަ ޙައްޖު އެންޑް ޢުމްރާ ގްރޫޕަކީ 2019 ވަނަ އަހަރުން ފެށިގެން ޢުމްރާއަށް މީހުން ގެންދަމުން އަންނަ ކުންފުންޏެކެވެ. ފާއިތުވި ހަ އަހަރުގެ ތެރޭގައި އެ ކުންފުނިން ވަނީ އާންމުންގެ މެދުގައި ވަރަށް ބޮޑު މަގުބޫލު ކަމެއް ވެސް ހޯދާފައެވެ. ކުންފުންޏާއެކު ޢުމްރާއަށްދާ މީހުން ބުނާގޮތުން ޢުމްރާ ދަތުރުތަކުގެ އިންތިޒާމްތައް ހަމަޖައްސާފައި ވަނީ ވަރަށް ފުރިހަމައަށެވެ. ދީނީ ގިނަ މައުލޫމާތުތަކެއް އެ ކުންފުނިން ފޯރުކޮށްދެމުން އާދެއެވެ. ޢުމްރާ ދަތުރުތަކަށް ތައްޔާރުވާން ފެށުމާ ހަމައިން ދަތުރުގެ ތެރެއިން އަދި ދަތުރު ނިމި، އަނބުރާ ރާއްޖެ އަންނަންދެންވެސް ޓީމުގެ ފަރާތުން ވަރަށް ގާތުން އަޅުކަމާ ގުޅޭ ފުރިހަމަ މައުލޫމާތުތައް ފޯރުކޮށްދެމުންދާ ކަމަށް މައުލޫމާތު ލިބޭ ކަމަށް އެ ކުންފުނިން ބުންޏެވެ. ޤިބްލަ ޙައްޖު އެންޑް ޢުމްރާ ގްރޫޕުން ބުނީ އެ ކުންފުނީގެ އަމާޒަކީ ޢުމްރާއަށްދާ ފަރާތްތަކަށް ފުރިހަމައަށް އަޅުކަން އަދާކުރުމަށް ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ. ދަތުރުތަކުގައި ދީނީ ގިނަ މައުލޫމާތުތަކެއް ދެމުން އަންނައިރު ކެއުންތައްވެސް އިންތިޒާމްކޮށްފައި ހުންނާނީ ދިވެހިންނާ ގުޅޭގޮތަށް ދިވެހި ރަހަތަކާއެކުގައިކަން އެކުންފުނިން ވަނީ ފާހަގަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ