ތިނަދޫގައި ޕިކްނިކް އައިލޭންޑެއް ހަދަނީ

ގދ. ތިނަދޫގައި ޕިކްނިކް އައިލެންޑެއް ތަރައްގީ ކުރަން ނިންމައި އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
މިކަމުގެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީ އާއި އެމްޓީސީސީއާ ދެމެދު އިއްޔެ ވަނީ ސޮއި ވެސް ކޮށްފަ އެވެ. އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަ ޖެނެރަލް ޝާނާ ފާރޫގެވެ.
ގދ. ތިނަދޫގައި ޕިކްނިކް އައިލެންޑެއް ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އާ ހަވާލުކޮށްފިއެވެ. 57،684،668.40 ރުފިޔާއަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ 300 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. pic.twitter.com/lwfM0xq382
— Min.of National Planning, Housing & Infrastructure (@MoNPHImv) June 1, 2023
ތިނަދޫ ޕިކްނިކް އައިލޭންޑް ހަދަން ހަވާލުކުރީ މަސައްކަތް ފަށާތާ 300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް، 58 މިލިއަން ރުފިޔާއަށެވެ.
ރާއްޖޭގައި ތަރައްގީކުރި އެންމެ ފާހަގަކޮށްލެވޭ ޕިކްނިކް އައިލޭންޑަކީ މާލެ ސަރަހައްދުގެ ރައްޔިތުން ދަތުރުދާން ހާއްސަކޮށްގެން ހިއްކައިގެން ތަރައްގީކުރި ކުޑަގިރި އެވެ. އެތަން ހުޅުވީ މިދިޔަ ފެބްއަރީ މަހުގެ 11 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ