ކޯލިޝަންގެ މަޝްވަރާ އަށް ރައީސާއި މައުމޫން މިއަދު ބައްދަލުކުރައްވަނީ

ކޯލިޝަން ހަދަން ދެއްވި ދައުވަތާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެމްއެމްއާރުއެމްގެ މުސްތަޝާރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ މިއަދު ބައްދަލު ކުރައްވާނެ އެވެ.
މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްގެ ފައުންޑަރު މައުމޫނާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު "މިހާރު" އަށް ކަށަވަރު ކޮށްދެއްވި އެވެ.
އެ ބައްދަލުވުން އޮންނާނީ މިއަދު ހެނދުނު 11:00 ހާއިރު ރައީސް އޮފީހުގަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ސަރުކާރު ކޯލިޝަންގައި މިހާރު ހިމެނޭ ސިޔާސީ ޕާޓީތައް އަނެއްކާވެސް އެމަނިކުފާނާއެކު ކޯލިޝަނެއް ހެދުމަށް ދައުވަތު ދެއްވައިފަ އެވެ.
އެ ދައުވަތު ގަބޫލު ކުރައްވައި އެމްޑީޕީއާ ކޯލިޝަން ހަދަން މިހާތަނަށް ނިންމާފައި ވަނީ އަދާލަތު ޕާޓީ އެކަންޏެވެ. މީގެ އިތުރުން އެމްޑީއޭ އިން ވެސް ވަނީ އެމްޑީޕީ އާ ކޯލިޝަނެއް ހަދަން ނިންމައިފަ އެވެ.
JP ge riyaasee ticket ah kurimathilaan hulhuvaalaifi
The most trusted news source in the Maldives
Mihaaru
ކޯލިޝަން ހަދަން ދައުވަތު ދީފައި ވަނިކޮށް ޖުމްހޫރީ ޕާޓީގެ ކައުންސިލުން ވަނީ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ކެނޑިޑޭޓަކު ވާދަ ކުރަން ނިންމައިފަ އެވެ. އަދި ކޯލިޝަނެއް ހަދަން ޖެހިއްޖެ ނަމަ އެ ޕާޓީ އިސްވެ އޮވެ ކޯލިޝަން ހަދަން މަޝްވަރާތައް ފަށަން ވެސް އެ ކައުންސިލުން ވަނީ ފާސްކޮށްފަ އެވެ.
އެހެން ނަމަވެސް ޖުމްހޫރީ ޕާޓީން ކޯލިޝަން ނުހަދާނެ ކަމަށް ރަސްމީކޮށް އަންގާފައި ނުވާތީ ސަރުކާރުގެ އޮފިޝަލުން ވިދާޅުވަނީ އަދިވެސް އެ މަޝްވަރާތައް ކުރިޔަށް ދާނެ ކަމަށެވެ.
ޖުމްހޫރީ ޕާޓީން އަންނަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާ ކޯލިޝަނެއް ހެދުމުގެ މަޝްވަރާތަކެއް ވެސް ކުރައްވަމުންނެވެ.
ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނުން ވަނީ ރައްޔިތުންގެ މަޖިލީހުގައި ވެސް ޖުމްހޫރީ ޕާޓީއާއެކު ޖޮއިންޓް ޕާލިމެންޓަރީ ގްރޫޕެއް އެކުލަވާލަން މަޝްވަރާ ކޮށްފަ އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)ން ނިންމާފައި ވަނީ ރިޔާސީ އިންތިހާބު އަންނަ ސެޕްޓެމްބަރު 9 ގައި ބޭއްވުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ