ޗާގޯސް މައްސަލައިގައި ރައީސް ސޯލިހް ކޯލިޝަން އެއްބަސްވުމާއި ޚިލާފު ވެއްޖެ: ގާސިމް

ޗާގޯސް މައްސަލައިގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކޯލިޝަން އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އިއްޔެ ބޭއްވި ޖޭޕީގެ 157 ވަނަ ކައުންސިލް ބައްދަލުވުމުގައި ހުށަހެޅި ގަރާރަށް ބަހުސް ކުރުމުގެ ފުރުސަތު ހުޅުވާލުމުގެ ކުރިން ރިޔާސަތު ބެލެހެއްޓެވި ގާސިމް ވިދާޅުވީ މި ސަރުކާރާއެކު ޖޭޕީ އާއި އެހެން ޕާޓީތަކުން ކޯލިޝަން އެއްބަސްވުން ސޮއިކުރީ އެއްބަސްވުން ހެދީ މައިގަނޑު ވަކި ކަންތައްތަކެއް ހިމަނައިގެން ކަމަށެވެ. އޭގެ ތެރޭގައި އިސްލާމް ދީނާއި ރާއްޖޭގެ ސިޔާދަތާއި ގައުމިއްޔަތާއި އަދި ގައުމީ ވަންތަކަން އެ އެއްބަސްވުމުގައި ހިމެނޭ ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އެއިން އެއްވެސް ކަމަކާ މެދު ގޮތެއް ނިންމަންޖެހޭނީ ކޯލިޝަން ޕާޓިތަކުގެ ލީޑަރުންގެ މެދުގައި މަޝްވަރާކޮށް އެ މަޝްވަރާއާ އެއްގޮތަށާއި ރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނު ތަންދޭ ގޮތުން ކަމަށް ވެސް އެއްބަސްވެފައިވާ ކަމަށެވެ.
"އެއާ ހިލާފުވީ ހިނދު، އެކަން އެ އެއްބަސްވުން ނިންމާފައިވަނީ އަޅުގަނޑުމެންގެ ކައުންސިލްގެ ފުރިހަމަ އަޣުލަބިއްޔަތުން ފާސްކޮށްގެން. އެހެންކަމަށްވީ އިރު އެކަމާ އަޅުގަނޑު ނުޖެހޭ އިތުރު ގޮތަކަށް ނިންމާކަށް. އިިތުރު އެހުމެއް އަހާކަށް." ގާސިމް ވިދާޅުވިއެވެެ.
ގާސިމް ވިދާޅުވީ ބަޔަކު ނުވަތަ މީހަކު ގޯހެއް ހެދިޔަސް އެ ގޯހުގައި ބައިވެރިވާން ނުޖެހޭ ކަމަށެވެ. އަދި ކައުންސިލް ބައްދަލުވުން ބޭއްވީ މިކަމުގެ ހުރި ނުތަނަވަސްކަން ރައްޔިތުންނަށް ސާފުކޮށް ދިނުމަށް ކަމަށް ގާސިމް ވިދާޅުވިއެވެ.
"ދަރަނި ބޮޑުވެ، އިގްތިސާދު ދަނީ ހީނަރުވަމުން. އަޅުގަނޑުމެން ކުރަން ޖެހޭ ކަންކަން ކުރަން ވާނީ ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ހުދޫދުގެ ތެރެއިން." ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ބަލިވެގެން އާސަންދަ އާއި އެންސްޕާގެ އެހީ ލިބުނު ކަމުގައި ވިޔަސް، އެއީ އާންމު ރައްޔިތުން އެންމެ ހިތްހަމަޖެހޭ ވަރެއް ނޫން ކަމަށާއި، އެހެން ކަމުން އަދިވެސް ބޭސްފަރުވާ އަށް ސަލާން ޖެހުން ނިމުމަކަށް ނާންނަ ކަމަށެވެ. އަދި ތައުލީމީ ދާއިރާ އަށް ދައުލަތުން ކިތަންމެ ބޮޑު ހޭދައެއް ކުރި ނަމަވެސް އެކަން ވެސް ރައްޔިތުން އެންމެ ބޭނުންވާ ވަރަށް ނުކުރެވި ދަނީ ކޮންމެވެސް ސަބަބަކާ ހުރެ ކަމަށް ވިދާޅުވިއެވެ.
ޗާގޯސްގެ މައްސަލާގައި އިޓްލޮސް އިން ނިންމި ނިންމުގައި ސަރުކާރުން އަމަލު ކުރި ގޮތުން ސިޔާސީ ގިނަ ޕާޓީތަކުން ހިތްހަމަ ނުޖެހި އެކަމާ ދެކޮޅަށް އެޕާޓީތަކުން އެއްގަލަކަށް އަރައި މަސައްކަތްތަކެއްވަނީ ފަށައިފައެވެ. އޭގެ ތެރޭގައި ޖޭޕީވެސް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ