ނިލަންދޫ ދާއިރާ މެމްބަރު މުހުސިން އެމްޑީޕީއާއި ގުޅިއްޖެ

ފ. ނިލަންދޫ ދާއިރާގެ މެމްބަރ އަބްދުލް މުހުސިން ވެރިކަން ކުރާ އެމްޑީޕީ އާއި ގުޅިއްޖެއެވެ.
މަޖްލިސްގައި އަމިއްލަ މެމްބަރެއްގެ ގޮތުގައި ހުންނެވި މުހުސިން ވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސްގެ މަގާމުން އީވާ އަބްދުﷲ ވަކި ކުރުމަށް މިއަދު މަޖްލިސްއަށް ހުށަހެޅުއްވި ޕެޓިޝަނުގައި ސޮއި ކުރައްވާފައެވެ.
އީވާގެ އިތުބާރު ނެތްކަމަށް މަޖްލިސްގެ 50 މެމްބަރުން ވަނީ ސޮއިކޮށް ޕެޓިޝަން ހުށަހަޅާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މުހުސިން އެމްޑީޕީއަށް ރަސްމީކޮށް ސޮއި ކުރުން ވަރަށް އަވަހަށް އޮންނާނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ އެމްޑީޕީ މެމްބަރުންގެ އަދަދަކީ 55 އެވެ. އެމްޑީޕީ މެމްބަރުންގެ އަދަދު 55 ދަށްވެފައިވަނީ އެޕާޓީން 12 މެމްބަރުން ވަކި ވުމާއި ގުޅިެގންނެވެ.
އަމިއްލަ މެމްބަރެއްގެ ގޮތުގައި ހުންނެވި މުހުސިން ފަހަކަށް އައިސް ސަރުކާރާއި އެއްކޮޅު ނިންމުންތަކަށް ވޯޓު ދެމުން ގެންދެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ