މައުމޫން ފެކްޝަން ސަޕޯޓަރުން ޕީޕީއެމްގެ އޮފީސް ކައިރިޔަށް އެއްވާން ފަށައިފި

ރައިސް މައުމޫންގެ ސަޕޯޓަރުން ޕީޕީއެމްގެ އޮފީސް ކައިރިޔަށް އެއްވާން ފަށައިފިއެވެ.
ރައީސް މައުމޫންގެ އިތުރުން ދުންޔާ މައުމޫނާއި ފާރިސް މައުމޫންވެސް ދާދި ދެންމެއަކު ޕީޕީއެމްގެ އޮފީހަށް ވަޑައިގެންފަ ވާކަމަށް ވެސް "ވާނުވާ" އަށް ވަނީ މައުލޫމާތު ލިބިފައެވެ.
ޕީޕީއެމްގެ އޮފީސް ކައިރިޔަށް ރައިސް މައުމޫން ފެކްޝަންގެ ސަޕޯޓަރުން ޖަމާވަމުންދާއިރު، އެ ޕާޓީގެ ޕީޖީ ގުރޫޕާއި ބައެއް ވަޒީރުން ގެންދަވަނީ ދަރުބާރުގޭގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.
މައުމޫން ފެކްޝަނުން ޕީޕީއެމް އޮފީހުގައި ބައްދަލުވުމެއް ކުރިއަށް އެބަގެންދާ ކަމަށާއި އެބައްދަލުވުމުގައި އުމަރު ނަސީރު އާއި ރާޝިދާ ޔޫސުފް ވެސް ބައިވެރިވާ ކަމަށް ވާނުވާ އަށް ވަނީ މައުލޫމާތުލިބިފައެވެ. ބައްދަލުވުމަށް ފަހު މައުމޫން ފެކްޝަނުން ނޫސްވެރިންނާއި ބައްދަލުކުރައްވާނެ ކަމަށް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ