އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް ފަށައިފި

މައިލޯ އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް ފަށައިފި އެވެ.
އެތުލެޓިކްސް އެސޯސިއޭޝަނުން ބުނީ، މިފަހަރުގެ މުބާރާތުގައި ޖުމްލަ 20 ސްކޫލަކުން 600އެތުލީޓުން ބައިވެރިވާ ކަމަށާއި އަދި މުބާރާތް ކުރިއަށް ގެންދަން ނިންމާފައި ވަނީ ތަފާތު 10 ކެޓަގަރީއަކުން ކަމަށެވެ. އަދި މުބާރާތުގައި ވާދަކުރަނީ މާލެއިން 11 ސްކޫލާއި، ރާއްޖޭގެ އަތޮޅު ތަކުން 9 ސްކޫލެއް ވާދަކުރާ ކަމަށް ވެސް އެތުލެޓިކްސް އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.
މުބާރާތުގައި ވާދަކުރާ މާލޭގެ ސްކޫލްތަކަކީ ސެންޓަރ ފޮރ ހަޔަރ ސެކަންޑްރީ އެޑިޔުކޭޝަން، އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް، ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް، ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލް، ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލް، މަޖީދިއްޔާ ސްކޫލް، ހިރިޔާ ސްކޫލް، ތާޖުއްދީން ސްކޫލް، ޖަމާލުއްދީން ސްކޫލް، އިސްކަންދަރު ސްކޫލް އަދި ކަލާފާން ސްކޫލެވެ. އަތޮޅު ތަކުން ވާދަކުރަނީ ޖަލާލުއްދީން ސްކޫލް، ހދ. އަތޮޅު ތަޢުލީމީ މަރުކަޒު، މޭނާ ސްކޫލް، ދ. އަތޮޅު މަދަރުސާ، އަދ. އަތޮޅު ތަޢުލީމީ މަރުކަޒު، ގދ، އަތޮޅު ތަޢުލީމީ މަރުކަޒު، ޏ. އަތޮޅު ތަޢުލީމީ މަރުކަޒު، ދާންދޫ ސްކޫލް އަދި ހިތަދޫ ސްކޫލެވެ.
މުބާރާތް ބާއްވާ ކެޓަގަރީތަކަކީ 11 އަހަރުން ދަށް އަންހެން ފިރިހެން، 13އަހަރުންދަށް އަންހެން ފިރިހެން، 15އަހަރުން ދަށް އަންހެން ފިރިހެން، 17އަހަރުންދަށް އަންހެން ފިރިހެން، 19އަހަރުން ދަށް އަންހެން އަދި ފިރިހެން ކެޓަގަރީއެވެ.
މުބާރާތުގެ އިވެންޓްތައް މިއަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 7.30ން 10.30އަށް މެންދުިރު ފަހު 16.00ން 18.00އަށް ކުރިއަށް ދާެ ކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ