ލ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓުގެ ސުލޫކީ މައްސަލައެއް ބަލަނީ

ލ.އަތޮޅުގެ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓުގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސަރވިސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ބަލަން ނިންމައިފިއެވެ. މިމައްސަލަ ބަލަން ނިންމާފައިވަނީ ޖުޑީޝަލް ސަރވިސަސް ކޮމިޝަނަށް ލ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓާ ގުޅޭ ގޮތުން ޝަކުވާއެއް ހުށަހެޅުމާ ގުޅިގެންނެވެ. އެޝަކުވާއާ ގުޅިގެން ހުށަހަޅާފައިވާ ލިޔެކިޔުންތައް ބެލި ބެލުމުން، އެޝަކުވާގައި ހުށަހަޅާފައިވާ މައްސަލަ ސާބިތުވެއްޖެނަމަ، މެޖިސްޓްރޭޓުގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާނެ ކަމުގައި ޖޭއެސްސީއިން މިއަދު ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ. އެކޮމިޝަނުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުގެ 22 ވަނަ މާއްދާގެ (ށ)ގެ ދަށުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ލ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓުރޭޓުގެ ސުލޫކީ މައްސަލައެއް ބަލަން ފަށާފައިވާ ކަމުގައެވެ. ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުގެ 22 ވަނަ މާއްދާގެ (ށ)ގައި ބުނެފައިވަނީ ފަނޑިޔާރަކާ ގުޅޭ ޝަކުވާއެއް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަނޭޅުނު ނަމަވެސް، އެކޮމިޝަނަށް ވަކި ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް އުޅޭ ކަމުގައި ބެލެވޭ ޙާލަތުގައި އެފަނޑިޔާރާ ގުޅޭ ގޮތުން މައްސަލައެއް އިޚުތިޔާރު ކުރުމުގެ ޙައްޤު ކޮމިޝަނަށް ލިބިގެންވެއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ