ސަރުކާރުން ބަދަލުގެ ނަމުގައި ފުރަނީ ރައްޓެހިންގެ ޖީބު: ޖަމީލް

ރައްޔިތުންނަށް ވީ އެންމެ މުހިންމު ވައުދާ ހިލާފުވެ، ސަރުކާރުން ރައްޓެހިންގެ ޖީބުތައް ފުރަމުންދާ ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު މިއަދު ފާޑުވިދާޅުވެއްޖެ އެވެ.
ދައުލަތުން ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް މިހާތަނަށް އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލިހުގައި ވަނީ ވިދާޅުވެފަ އެވެ. އަމީރުގެ އެ ވާހަކަތަކާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އަހަރަށް ފާސްކުރި ބަޖެޓު ވެސް ސަރުކާރުން "ހުސްކޮށްލީ" ގެއްލުމުގެ ބަދަލުގައި ކަމަށް ބުނެ، އެކި ފަރާތްތަކަށް ފައިސާ ދިނުމަށެވެ.
ސަރުކާރުގެ އެންމެ މުޙިންމު ވަޢުދު، ވައްކަމަށް ޒީރޯ ޓޮލެރަންސް، އާ ޚިލާފްވެއްޖެ. ބަދަލުގެ ނަމުގައި ރަށްޓެހިންގެ ޖީބު ފުރަމުންދަނީ. ޙުކުމާ ނުލާ މޭޒުދަށުން ނިންމާ ނިންމުމަށް ވުރެ ބޮޑު ވައްކަމެއް އޮންނާނެ؟ މުޅިންވެސް ބަދަލު ލިބެނީ ރަށްޓެހިންނަށް، ކެމްޕެއިނަށް ޚަރަދުކުރި މީހުންނަށް؟— Mohamed Jameel Ahmed (@MJameelAhmed) October 17, 2019
ޖަމީލް ކުރެއްވި ޓުވީޓު.ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި ސަރުކާރުން އެންމެ މުހިންމު ވައުދަކަށް "ވައްކަމަށް ޒީރޯ ޓޮލެރަންސް" ވި އިރު، އެ ވައުދާ ވަނީ ހިލާފުވެފަ އެވެ. އަދި ބަދަލުގެ ނަމުގައި ރައްޓެހިންގެ ޖީބުތައް ފުރަމުން ދާތީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވެފައިވެ އެވެ.
"ހުކުމާ ނުލައި މޭޒު ދަށުން ނިންމާ ނިންމުމަށް ވުރެ ބޮޑު ވައްކަމެއް އޮންނާނެ؟ މުޅިން ވެސް ބަދަލު ލިބެނީ ރައްޓެހިންނަށް. ކެމްޕެއިނަށް ހަރަދު ކުރި މީހުންނަށް؟" ޖަމީލްގެ ޓުވީޓުގައިވެ އެވެ.
އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވި ނަމަވެސް މަޖިލިހުގެ ޖަލްސާގައި އަމީރު ވިދާޅުވީ ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކި މީހުންނަށާއި ކުންފުނިތަކަށް ބޮޑެތި އަދަދުން ފައިސާދޭން ޖެހުނީ ކުރީގެ ސަރުކާރުގެ ކޮންޓްރެކްޓްތައް ހިންގާފައި ހުރި ދޯދިޔާ ގޮތުގެ ސަބަބުން ކަމަށެވެ.
އެކަމަކު ގާނޫނާ ހިލާފަށް އުވައިލި އެއްބަސްވުންތަކުގެ ބަދަލު ދައުލަތުން ދެމުން އަންނަ އިރު، ސަރުކާރާ ގުޅުން އޮންނަ މީހުން ހިމެނޭތީ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ.
ސަރުކާރުން ބަދަލުގެ ގޮތުގައި މިހާތަނަށް ފައިސާ ދިނީ ހައުސިން ޔުނިޓްތައް އަޅަން ހަވާލުކުރި ނޫމަޑި އެއްބަސްވުން އުވާލައިގެން 55 މިލިއަން ރުފިޔާ އާއި ބޯޑާ ކޮންޓްރޯލް ސިސްޓަމެއް ގާއިމްކުރަން ވީ އެއްބަސްވުން އުވާލުމުން މެލޭޝިއާގެ ނެކްސްބިޒަށް ދިވެހި ސަރުކާރުން ދެއްކި 18.1 މިލިއަން ޑޮލަރު (280 މިލިއަަން ރުފިޔާ) އާއި ރިސޯޓު ހެދުމަށް ރަށްތަކެއް ދޭން އެއްބަސްވުމަށް ފަހު އެ ރަށްތައް ހަވާލު ނުކުރި މައްސަލައިގައި، ވިލާ ގުރޫޕްގެ ހިއްސާ އޮންނަ ވޯލްޑް ލިންކް ޓްރެވަލްސް (ޑަބްލިއުއެލްޓީ) އަށް ދައުލަތުން ދައްކަންޖެހޭ 5.6 މިލިއަން ޑޮލަރު (130 މިލިއަން ރުފިޔާ) އާއި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އުވާލުމާ ގުޅިގެން ކޮންޓްރެކްޓަރުންނަށް 26.1 މިލިއަން ރުފިޔާ އަދި ކުޑަކުއްޖަކަށް ހޮސްޕިޓަލަކުން ދިން ބޭހެއްގެ ސަބަބުން އެ ކުއްޖާގެ ދެ ކަންފަތުގެ އިވުން ދާއިމީކޮށް ގެއްލުނު މައްސަލާގައި ޑޮކްޓަރުން އިހުމާލުވިކަން ސާބިތުވެ، ބަދަލުގައި ދޭން ކޯޓުން ހުކުމް ކުރި ހަތް މިލިއަން ރުފިޔާ އެވެ.
މީގެ އިތުރުން، ހުޅުމާލޭގައި ފްލެޓް އަޅަން ހަވާލުކުރި ކުންފުނިން އޮޅުވާލި މީހުންނަށް ލިބުނު މާލީ ގެއްލުމުގެ ބަދަލު ދިނުމާއި ބިޒްނަސް އިމޭޖް ގްރޫޕަށް 78 މިލިއަން ރުފިޔާ ދިނުމަށާއި ސީޖީޓީ ޕްރައިވެޓް ލިމިޓެޑަށް 22 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޭން ވަނީ ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ