އިދިކޮޅު އިއްތިހާދުގެ ލީޑަރުންގެ ތެރޭގައި ހިމެނޭ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ޖުމްހޫރީޕާޓީގެ ވެރިޔާ ގާސިމް އިބްރާހިމަށް ރިޔާސީ އިންތިހާބުގައި ވޯޓް ލުމުގެ ފުރުސަތު ގެއްލިއްޖެއެވެ.
ރައީސް ނަޝިދާއި ގާސިމްއަށް ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގެ ފުރުސަތު ގެއްލިފައިވަނީ އެ ދެ ބޭފުޅުންވެސް ރީ ރަޖިސްޓްރީވުމަށް ހުށަހެޅި ފޯމުތަށް އިލެކްޝަންސް ކޮމިޝަނުން ބާތިލް ކުރުމާއި ގުޅިގެންނެވެ. ސަންގުޓީވީގެ "ޙަބަރަށްފަހު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިލެކްޝަން ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް ވިދާޅުވީ، ޖަލު ހުކުމެއް އިއްވާ، ގައިދީންގެ ގޮތުގައި ތިބި ފަރާތްތަށް ވޯޓް ލާން ޖެހޭނީ ޖަލުތަކުގައި ގާއިމްކޮށްފައިވާ ވޯޓް ފޮށިތަކަށް ކަމަށެވެ.
އަކުރަމް ވިދާޅުވީ ގާނުނުގައި ގައިދީން ވޯޓްލާންޖެހޭތަން ބަޔާންކޮށްފައިވާ ކަމަށެވެ. އެގޮތުން ޖަލު ހުކުމުގައި ތިއްބަވާ ބޭފުޅުންނާއި، ގޭބަންދުގައި ތިއްބަވާ ބޭފުޅުންގެވެސް ރީ ރަޖިސްޓްރޭޝަން ފޯމްތަށް އިލެކްޝަނާއި ހަމަޔަށް ދާންޖެހޭނީ ކަރެކްޝަސް މެދުވެރިކޮށް ކަމަށެވެ.
ހުކުމް އިއްވާފައި ޖަލުގައި ތިބި މީހުންގެ ލިސްޓެއް ކަރެކްޝަންސްއިން ހިއްސާކޮށްފައިވާ ކަމަށާއި، އަދި ޖަލު ހުކުމަށް ފިލައިގެން އުޅޭ ބައެއް ފަރާތްތަކުގެ ލިސްޓެއް ފުލުހުން ވެސް ހިއްސާކޮށްފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި އެ ލިސްޓްތަކުގައި ހިމެނޭ ބައެއް ފަރާތްތަކުން ދުނިޔޭގެ ބައެއް ގައުމުތަކަށް ރީ-ރަޖިސްޓާ ވާން ފޯމް ހުށަހެޅި ކަމަށާއި، އެހެން ނަމަވެސް އެ ގައުމުތަކުގައި ޖަލު ފޮށިތަކެއް ބަހައްޓާފައިނުވުމުން އެ ފޯމްތަށް ބާތިލްކޮށްފައިވާ ކަަމަށް އަކުރަމް ވަނީ ވިދާޅުވެފައެވެ.
އެގޮތަށް ފޯމް ހުށަހަޅުއްވާފައިވާ ހުރިހާ ބޭފުޅުންވެސް ވޯޓްލާން މިހާރު އޮންނާނީ އެމީހަކު އަސްލު ނިސްބަތްވާ އެޑްރެސް ހިމެނޭ ދާއިރާއެއްގެ ފޮއްޓަށްކަަމަށްވެސް އަކުރަމް ވަނީ ވިދާޅުވެފައެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ގާސިމް އިބްރާހިމްގެ މައްޗަށް ޖަލު ހުކުމެއް އިއްވާފައިވާއިރު، ދެ ބޭފުޅުންވެސް ތިއްބެވީ ފަރުވާއަށް ރާއްޖެއިން ބޭރުގައެވެ. އަދި އެ ދެ ބޭފުޅުންނަކީވެސް ޖަލު ހުކުމަށް ފިއްލަވައިގެން އުޅުއްވާ ފަރާތްތަކެއްކަމަށް ބުނެ ފުލުހުންވަނީ ރާއްޖެ ވަޑައިގަތުމަށްވެސް އަންގަވާފައެވެ. ގާސިމް ޖަރުމަނުވިލާތުގައި ދިރިއުޅުއްވާ އިރު، ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވަނީ ލަންޑަންގައެވެ. އެހެން ނަމަވެސް ކެމްޕެއިންގައި ބައިވެރިވުމުގެ ގޮތުން ރައީސް ނަޝީދު މިވަގުތު ހުންނެވީ ސްރީލންކާގައެވެ.
ނަޝީދާއި ގާސިމް ވޯޓްލާން އަންނަން ޖެހެނީ ޖަލަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ