ގާޒީ ބިލްޑިންގް ކައިރި ހުރި ގަހެއް ވެއްޓި ގެއްލުންތަކެއް ވެއްޖެ

ގާޒީ ބިލްޑިންގް ކައިރީ ހުރި ބޮޑު ގަހެއް ވެއްޓި އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ސައިކަލުތަކަކަށް ގެއްލުންތަކެއް ވެއްޖެ އެވެ. ފުލުހުން ބުނީ އެ ގަސް ވެއްޓުނު ކަމުގެ މައުލޫމާތު ފުލުހުން ރޭ ފަތިހު 5:30ގައި ކަމަށެވެ. ގަސްވެއްޓުމުގެ ސަބަބުން މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް ތިން ސައިކަލަކަށް ގެއްލުންވި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ގަސް ވެއްޓިފައި ވަނީ މުލާ އެކު ގަހުގެ ބުޑުން -- ފޮޓޯ/ ސޯޝިއަލް މީޑިއާ 'ސަން' އަށް ލިބިފައިވާ ފޮޓޯތަކުން ފެންނަ ގޮތުން ގަސް ވެއްޓިފައި ވަނީ ސައިކަލުތަކުގެ މައްޗަށެވެ. ގަސް ވެއްޓިފައި ވަނީ މުލާ އެކު ބުޑުން ލުހެލައިގެންނެވެ. މިހާރު ކުރަމުންދާ ވިއްސާރާގައި މާލޭގެ މަގުތަކުގައި ވެސް ވަނީ ހިނގާބިގާވެ އުޅެން އުނދަގޫ ވާވަރަށް ފެން ބޮޑުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ