ރައީސް މައުމޫންގެ ނިންމެވުންތަކާ ދެކޮޅަށް ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފި

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ނިންމެވުންތަކާއި ދެކޮޅަށް، ރައްޔިތުންގެ މަޖިލީހުގައި ޕީޕިއެމް ތަމްސީލުކުރައްވާ ދެ މެމްބަރަކު، ވަގުތީ އަމުރެއް ނެރެދެއްވުމަށް ސިވިލް ކޯޓުގައި އެދުނު ނަމަވެސް އެ އަމުރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.
މެމްބަރު އަހުމަދު ޝިޔާމް އާއި މެމްބަރު މުހައްމަދު ޝާހިދު އެދިލައްވާފައިވާ ވަގުތީ އަމުރުގައި ބުނެފައިވަނީ ޕީޕީއެމްގެ ހުރިހާ ގުނަވަންތަކެއް މިހާރުން ފެށިގެން އެހެންގޮތަކަށް އަންގަންދެން ވަގުތީ ގޮތުން ސަސްޕެންޑް ކުރެވިފައިވާކަމަށާއި މި މުއްދަތުގައި ޕާޓީގެ ރައީސްގެ ހުއްދަނެތި ޕާޓީގެ އެއްވެސް ގުނަވަނެއްގެ ބައދަލުމެއް ނުބޭއްވުމަށް ޕާޓީގެ ރައީސް އަންގަވާފައިވާތީ، ޕާޓީގެ ރައީސްގެ ހުއްދަނެތި ޕާޓީގެ އެއްވެސް ގުނަވަނެއްގެ ބައްދަލުވުމެއް ނުބޭއްވުމަށް ޕާޓީގެ ރައީސް އަންގަވާފައިވާ އެންގުމަށް އަމަލުކުރުން ފަސްކޮށްދެއްވުމުގެ ވަގުތީ އަމުރެއް ނެރެދެއްވުމަށް އެދި ހުށަހަޅާ ކަމަށެވެ.
އަމުރު ނެރެދިނުމަށް އެދިފައިވާ ލިޔުމުގައި ބުނެފައިވަނީ ޕީޕީއެމް އަކީ ރާއްޖޭގެ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން ތަކެއްގެ ތާއީދު ލިބިފައިވާ އަދި ގިނަ ބަޔަކު ކުރިމަގަށްޓަކައި އުއްމީދު ތަކެއް ކުރަމުން އަންނަ ޕާޓީއަކަށް ވާއިރު ޕާޓީގެ ހުރިހާ ގުނަވަންތަކެއް ޕާޓީގެ ރައީސް އަމިއްލަފުޅަށް ސަސްޕެންޑް ކޮށްފައި އޮތުމުގެ ސަބަބުން ޕާޓީގެ އެއްވެސް ހަރަކާތެއް ނުހިނގާތީ އެކަމުގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންތައް ލިބެމުން އަންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ